ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
ސްޓޭޖް ކުލާސްރޫމްގައި މުށިޖެހުން

އިޢުލާނު

ސްޓޭޖްކްލާސްރޫމްގައި މުށިޖެހުން

 

       މި ސުކޫލުގެ ސްޓޭޖްކްލާސްރޫމްގައި މުށިޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 


 

 މަޢުލޫމާތު ސާފުކުރުން                                                        އަންދާސީހިސާބު ހުށަހެޅުން

 23  މާރިޗް 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 09:30 ގައި ދަނބިދޫ ސްކޫލް                    02 އޭޕްރީލް 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:30 ގައި ދަނބިދޫ ސްކޫލް

     


    މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6800740  އަށް ގުޅުއްވުން އެދެމެވެ.

 

                       11 މާރިޗް 2020                                   

 

11 މާރިޗު 2020
ހޯދާ