ފިޔަވަތި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލިީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އަލަމާރި ޖަހައިދޭނެ ފަރާތެއް ހޯދުމަށް

ފިޔަވަތީގެ އެކޮމަޑޭޝަން ބްލޮކްތަކަށް ބޭނުންވާ އަލަމާރި ޖަހަން ބޭނުންވެއްޖެ

      

            ފިޔަވަތިން އަންގާ ގޮތެއްގެ މަތިން، ފިޔަވަތީގެ އެކޮމަޑޭޝަން ބްލޮކްތަކަށް ބޭނުންވާ އަލަމާރި ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، ފިޔަވަތިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި މިމަސައްކަތްތައް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 19 މާޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހުޅުމާލެ، ފިޔަވަތިއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ފިޔަވަތިން ޙަވާލުކުރާ މަޢުލޫމާތު ކަރުދާހުގައިވާގޮތުގެ މަތިން 25 މާޗް 2020 ވާ ބުދަ ދުވަހުގެ 13:00 އަށް ފިޔަވައްޗަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

            އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.

            މަސައްކަތް ޙަވާލުކުރެވޭނީ، ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކާއެވެ.

             އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، 3027622 އާއި ގުޅުއްވުން އެދެމެވެ.

                            

12 މާރިޗު 2020
ހޯދާ