މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ވެލިދޫ "ލޯކަލްބީޗް" ހިލޭ ސާފުކޮށް ބަލަހައްޓާ މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

 

                                           ނަންބަރު:IUL)297/297/2020/16) 

 

އިޢުލާން

    ނ.ވެލިދޫ ލޯކަލްބީޗް ބެލެހެއްޓުމާބެހޭ

 

ނ. ވެލިދޫ "ލޯކަލްބީޗް" ސާފުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރުމާއި، އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ހިލޭ ކޮށްދޭނެ ފަރާތެއް ހޯދުމަށްވަނީ ބޭނުންވެފައެވެ.

ވީމާ، މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން 16 މާރޗް 2020ވާ ހޯމަދުވަހުގެ 11:00އަށް މިއިދާރާއަަށް ހާޒިރުވެ އެކަމަށް އެދި ސިޓީއާއެކު ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މިއިއުލާނާގުޅޭގޮތުން ދެވޭ މައުލޫމާތު ކަރުދާސް 12 މާރޗް 2020 ން ފެށިގެން 16 މާރޗް 2020ވާ ހޯމަދުވަހުގެ 9:00ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 ން 14:00 އާދެމެދު މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާން ކުރީމެވެ.

 

                                  16 ރަޖަބް 1441

                                  11 މާރޗް 2020

11 މާރިޗު 2020
ހޯދާ