މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޓާރނަލް އޮޑިޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

 އަންދާސީހިސާބު ބޭނުންވެއްޖެ

 މި ކޯޕަރޭޝަނަށް އިންޓާރނަލް އޮޑިޓްގެ ޚިދުމަތް ދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިޚިދުމަތް ދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ބަޔާން ކޮށްފައިވާ ތާރީޚާއި ގަޑިއަށް މިއޮފީހަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ބަޔާންކޮށްފައިވާ ތާރީޚާއި ގަޑިއަށް މިއޮފީހަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: 16 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

އަންދާސީ ހިސާބު ހުށަހެޅުން: 23 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

ސަމާލުކަން ދެއްވުމަށް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

އޮފީސް އެޑްރެސް: މ. ދޫނިފުށި (8ވަނަ ފަންގިފިލާ)، އޯކިޑްމަގު، މާލެ

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.

16 ރަޖަބު 1441

11 މާރިޗު  2020

11 މާރިޗު 2020
ހޯދާ