ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލުން

 22 މާރޗް 2020 ން 28 ފެބްރުއަރީ 2021 އަށް މަޑަވެލި ކައުންސިލްގެ އިޖްތިމާޢީ ކޮމެޓީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަގާމް:

އިޖްތިމާޢީ ކޮމިޓީގެ މަސައްކަތު

ބޭނުންވާ އަދަދު:

02

އުޖޫރަ:

1500.00 ރ

މަގާމުގެ މަސްއޫލިއްޔަތު:

  • ކައުންސިލުން ކަނޑައަޅާފައިވާ މަޑަވެލި އިޖްތިމާޢީ ސަރަޙައްދުތަކާއި، އާމިނަތު ޙަސަން ޕްރީސްކޫލް އަދި ވަށައިގެންވާ މަގުތަކާއި، ކައުންސިލުން ސާފުކުރުމަށް ދައްކާ ތަންތަން ސާފުކުރުން.
  • އިޖްތިމާޢީ ކަންކަމާއި ރަށުގެ ތަރައްޤީ އަށް ކުރެވޭ ކަންތައްތަކަށް މިއިދާރާއިން އެހީތެރިކަމަށް އެދިއްޖެނަމަ އެކަމަށް އިޖާބަދީ އަމަލީގޮތުން އެކަމެއްގައި ބައިވެރިވުން.
  • ކައުންސިލުން ހިންގާ ހަރަކާތްތަކާއި، މުނާސަބަތާއި ގުޅިގެން ސާފުތާހިރު ކުރަންޖެހޭ ތަންތަން ސާފްކުރުން.

 

       ވީމާ،މިމަޤާމަށް ޝަވްޤްވެރިވެލައްވާ ޢުމުރުން 20 އަހަރުންމަތީގެ އަދި 65 އަހަރުން ދަށުގެ ބޭފުޅުން ލިޔުމުން މަގާމް އެގޭގޮތަށް 19 މާރޗް 2020 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގެ ކުރިން މަޑަވެލި ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

       މިހެންވެ މިކަންޢާންމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

11 މާރިޗު 2020
ހޯދާ