އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިޔުރިޓީ ބަލަހައްޓައިދޭނެ ވޮޗަރުން ހޯދުމަށް

  އދ އަތޮޅު މަދަރުސާ 

  އދ މާމިގިލި

  ދިިވެހި ރާއްޖެ

Ref. No. GS42 / 2020 /IUL/ 013                

އިޢުލާން 

މިއަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް މިމަދަރުސާގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ވޮޗަރުން ހޯދުމަށް ބޭނުންވެއްޖެ 

 ވޮޗަރ

 މަޤާމު :

 ކޮންޓްރެކްޓު

 ގިންތި:

 03

 ބޭނުންވާޢަދަދު:

 އދ އަތޮޅު މަދަރުސާ، އދ މާމިގިލި

 މަޤާމްއޮތް އޮފީސް:

 އދ އަތޮޅު މަދަރުސާ، އދ މާމިގިލި

 ވަޒީފާ   އަދާކުރަންޖެހޭތަން:

 މަހަކު -/5000 ރުފިޔާ

 މުސާރަ:

 31 ޑިސެމްބަރު 2020ގެ ނިޔަލަށް.

 ކޮންޓުރެކްޓް

 1- މަދަރުސާގެ އިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ މުދަލާއި ގޯތިތެރެޔާއި   ގޯތިވަށައިގެންވާ މަގުތައް ބެލެހެއްޓުން

 2- އެދުވަހަކު މަދަރުސާ ބަންދުކުރުމުން މަދަރުސާގައި ތަޅުލައި   ބަންދުކޮށްފައި  ހުންނަންޖެހޭ އެންމެހައި ތަންތަންހުރީ ރަނގަޅަށް   ބަންދުކޮށްތަޅުލާފައިތޯ ޗެކްކުރަންވާނެއެވެ. މިގޮތުން މަދަރުސާބަންދު ގަޑީގައި ކަމާނުބެހޭ އެއްވެސް މީހެއް ނުވަތަ އެއްޗެއް ވިޔަސް މަދަރުސާތެރެއަށް ވައްދައިގެން ނުވާނެއެވެ.

 3- ނުރަސްމީ ގަޑީގައި މަދަރުސާއަށް ވަދެނިކުމެވާ މީހުން ލޮގުކޮށް، ރެކޯރޑް ބެލެހެއްޓުން.

 4- މަދަރުސާ ބަންދުކޮށްފައި ހުންނައިރު ދޮރެއް ހުޅުވިފައި ހުރިކަން ނުވަތަ ބަންދުނުވެ ހުރިކަން އެނގިއްޖެނަމަ ވީހާ އަވަހަށް މަދަރުސާގެ ކަމާބެހޭ ވެރިޔަކަށް   އެންގުމާއިއެކު އެކަމެއް ޙައްލުކުރުން. 

 5- ބަންދު ގަޑީގައި މަދަރުސާން ވަކިކަމަކަށް ވަނުމަށް ހުއްދަދީފައިވާ މީހުން ފިޔަވައި، އެހެން މީހުން މަދަރުސާގެ ގޯތިތެރެއަށާއި އިމާރާތަށް ވަނުން މަނާކުރުން.

 6- މަދަރުސާގައި އޯލެވެލް އިމްތިޙާނު އޮންނަ ދުވަސްވަރު ޑިޕާރޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް އިން ކަނޑައަޅުއްވާ ފެންވަރަކަށް މަދަރުސާގައި     އިމްތިޙާން ކަރުދާސް ބަހައްޓާ "ރައްކާތެރި ކޮޓަރި" ގެ ސެކިއުރިޓީ 24 ގަޑިއިރު ބެލެހެއްޓުން.

 7- މަދަރުސާގައި އަހަރު ތެރޭގައި ބޭއްވޭ އެކިއެކި ބޮޑެތި އިޙުތިފާލުތަށް ބާއްވާ ވަގުތުތަކުގައި ސެކިއުރިޓީ ބެލެހެއްޓުން.

 8- ރަސްމީ ދުވަސްތަކުގައި ޑިއުޓީ ގަޑިއަކީ ހަވީރު 4:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 6:00 އަށް ( ޖުމްލަ 14 ގަޑިއިރު )، ރަސްމީ ބަންދު   ދުވަސްތަކުގައި އަދި އޯލެވެލް ޕޭޕަރުތައް ގެންނަ ދުވަހުން ފެށިގެން ޕޭޕަރުތައް މަދަރުސާން ގެންދިއުމާއި ހަމައަށް 24 ގަޑިއިރު ޑިއުޓީކުރުން.

 09- ކުއްލިއަކަށް ދިމާވާ ކަންކަމުގައި މަދަރުސާން އަންގައިފިނަމަ ނުކުތުން.

 10- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި   އެހީތެރިވުން.

 11-  އިދާރާގެ ގޯތިތެރެ ފެހިކޮށް ބޭއްވުމަށްޓަކައި ގަސްތަކަށް ފެންދީ، ބެލެހެއްޓުމުގައި ވީވަރަކުން އެހީތެރިވުން

 12- މަދަރުސާއަކީ ދަރިވަރުންނަށް ރައްކާތެތި މާހައުލަކަށް ހެދުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވެ، ކޮންމެ ދުވަހަހަކު އެސެމްބްލީ ސަރަހައްދަށް ފެންޖެހުން.

 13- ސްކޫލްގައި ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

 14- ބަންދު ގަޑީގައި މަދަރުސާން ބޭރަށް ގެންދާ ތަކެއްޗާއި، ބޭރުން އެތެރެއަށް ވައްދާ ތަކެތި މަދަރުސާން އަންގާ ގޮތެއްގެ މަތިން ރެކޯރޑްކޮށް ލޮގްކޮށް ބެލެހެއްޓުން.

 15-  ޑިއުޓީގައި ތިއްބަވާ ވަގުތުތަކުގައި މަދަރުސާން އެދިލައްވާ މަސައްކަތްތަކުގައި އެހީތެރިކަމާއި އެއްބާރު ލެއްވުން ދެއްވާން ވާނެއެވެ.

 މަޤާމުގެ   މަސްއޫލިއްޔަތާއި   ވާޖިބުތައް:

  1. ލިޔަން ކިޔަން އެނގުމާއި އެކު ފުރިހަމަ ސިއްހަތެއްގައި ހުރި ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭނެ މީހަކަށްވުން އަދި އުމުރުން 18 (އަށާރަ) އަހަރުންމަތީ، 65(ފަސްދޮޅަސް ފަސް ) އަހަރުން ދަށުގެ ދިވެހި ރައްޔިތެއްކަމުގައި ވުން.
  2. އަޙުލާޤީ ގޮތުން ސްކޫލްތަކުގައި މަސައްކަތްކުރުމަށް އެކަށީގެންވާ މީހަކުކަމުގައިވުމާއި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޤާނޫނީ ނުވަތަ ޝަރުޢީ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިނުވާ އަދި މަސްތުވާ ތަކެތީގެ މައްސަލައެއްގައި ނުވަތަ ބަދުއަޚްލާޤީ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހަކު ކަމުގައި ނުވުން.
  3. ދުވާލަކު 5 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަކުރަންޖެހޭ ރަސްމީ އެހެން ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްކަމުގައި ނުވުން.

 މަޤާމުގެ   ޝަރުތުތައް:  

 މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ : %30

  1. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަން ކަށަވަރު ކުރުމަށް ކުރެވޭ އިންޓަވިއު /  ޕްރެކްޓިކަލް : %70

 މަޤާމަށް މީހުން ނެގުމަށް ބަލާނެ   މިންގަނޑު:

  1.  ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް
  2.  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު).
  3. ވަޒީފާއަށް އެދޭފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4.  މަސައްކަތުގެ ތަޖުރިބާ ސާބިތުކޮށްދިނުމަށް ހުށައަޅާ ލިޔުންތަކުގެ ކޮޕީ.
  5.  ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

 ހުށަހަޅަންޖެހޭ   ލިޔުންތައް:

 ވަޒީފާއަށް އެދޭ ފޯމު އދ އަތޮޅު މަދަރުސާ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 19 މާރިޗު 2020 ވާ ބުރާސްފަތި   ދުވަހުގެ 13:00 ގެ ކުރިން، އދ އަތޮޅު މަދަރުސާ އޮފީހަށެވެ.  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ

 ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 މަޤާމަށް   އެދެންވީގޮތާއި   ސުންގަޑި:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 މާރިޗު 2020 އާއި 26 މާރިޗު 2020 އާ ދެމެދު، އދ އަތޮޅު މަދަރުސާގައެވެ. ވުމާއެކު މި   ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 އިންޓަރވިއު   އޮންނާނެ ތާރީޚާއި ތަން:

 މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680021 ނަންބަރު ފޯނާއެވެ.   އީ-މެއިލް ކުރާނި  [email protected]   އަށެވެ.

 އިތުރު މަޢުލޫމާތު ސާފުކުރުމަށް:

 

10 މާރިޗު 2020

15 ރަޖަބު 1441

 

 

 

10 މާރިޗު 2020
ހޯދާ