އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
މި ކޯޓަށް ތަރުޖަމާނުން ހޯދުމާބެހޭ

މި ކޯޓަށް ހުށަހެޅި ހިނގަމުންދާ އެކި ބާވަތްތަކުގެ މައްސަލަތަކާއި ގުޅިގެން ބަނގްލަދޭޝް ބަސް އަދި އިނގިރޭސި ބަސް ތަރުޖަމާކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވެލައްވާ، ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތައް ބޭނުންވެއެވެ.

މަސައްކަތް:

ޝަރީޢަތުގެ މަޖިލިސްގައި ތަރުޖަމާކުރުން.

ޝަރުޠު:

  • ބަންގްލަދޭޝް ބަސް، ނުވަތަ އިނގިރޭސިބަސް ރަނގަޅަށް އެނގުން.
  • ދިވެހިބަހުން ލިޔެފައިވާ ތަކެތި ކިޔަން އެނގުން.
  • ދިވެހިބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަން އެނގުން.

އުޖޫރަ:

މަސައްކަތްކުރާ ގަޑިއަކަށް -/400ރ (ހަތަރު ސަތޭކަ ރުފިޔާ)

ވީމާ، ތަރުޖަމާކޮށްދިނުމުގެ މަސައްކަތް ކޮށްދެއްވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 16 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން ފޯނު ނަންބަރު އެނގޭ ގޮތަށް ސިޓީއަކުން މިކޯޓަށް ހުށަހެޅުއްވުން އެދެމެވެ. އަދި ހުށަހަޅުއްވާ ސިޓީއާއިއެކު ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރު، އަދި އައި.ޑީ ކާޑުގެ ކޮޕީއެއް (ބިދޭސީ އެއް ނަމަ ޕާސްޕޯޓުގެ ކޮޕީއަކާއި ވާރކްޕާމިޓްގެ ކޮޕީއެއް) ހުށަހެޅުއްވުން އެދެމެވެ.

15 ރަޖަބު 1441

10 މާރިޗު 2020
ހޯދާ