ދިއްފުށީ ޞިއްޙީ މަރުކަޒު، ކ. ދިއްފުށި
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

ދިއްފުށީ ޞިއްޙީމަރުކަޒު

ކ.ދިއްފުށި

ނަންބަރު: DHC/IUL/2020/01                

އިޢުލާން

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު

J-258560

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން ޑިވިޜަން

ވަޒީފާ އަދާކުރަންޖެހޭ ތަން

ކ.ދިއްފުށީ ޞިއްޙީމަރުކަޒު/ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް ޑިވިޜަން

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. މެޑިކަލް އިންޝުރެންސްގެ ބިލްތައް ތައްޔާރުކޮށް އާސަންދަ ޕުރައިވެޓް ލިމިޓެޑްއަށް ސިއްޙީމަރުކަޒުގެ އިންވޮއިސް އާއި އެކު ފޮނުވުން

2.ސިއްޙީމަރުކަޒަށް ލިބޭ ބިލްތައް އެންޓްރީ ކުރުމާއި ބިލްތައް ދައްކަމުން ގެންދިއުން

3. މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި ލިޔެނިންމަންޖެހޭ ލިޔުންތައް ނިންމުމާއި ، މުސާރަދިނުމާއި މުވައްޒަފުންނަށް ދޭންޖެހޭ އެހެނިހެން އެލަވަންސްތައް ދެމުން ގެންދިއުން

4. މުވައްޒަފުންގެ ކްރެޑިޓް ސްކީމްގެ ކަންތައްތައް ބެލެހެއްޓުން

5. އާއްމުދަނީ ފައިސާގެ ގޮތުގައި ލިބޭފައިސާ ބަލައިގަތުމާއި،ޖަމާކުރުން އަދި ލިޔެކިއުންތައް ބެލެހެއްޓުން

6. ތިޖޫރީގެ ހިސާބު ބެލެހެއްޓުން

7. ބަޖެޓާއި ގުޅުންހުރި ހުރިހާ މަސައްކަތްތަކާއި ، ލިޔެކިޔުން ބެލެހެއްޓުން.

8. ސިއްޙީމަރުކަޒުގެ ޖެނެރަލް ސޮޓޮކް ބަލަހައްޓައި ބޭނުންވާ އެންމެހާ ތަކެތި ހޯދުމާއި އޯޑަރު ކުރުން.

9. މުވައްޒަފުންގެ ޙާޞިރީ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

10. މުވައްޒަފުންގެ ޗުއްޓީ ދިނުމަށް ނިންމަންޖެހޭ ލިޔެކިޔުންތައް ނިންމައި ޗުއްޓީ ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

11. މުވައްޒަފުންގެ ޕާރސަނަލް ފައިލް ބަލަހައްޓައި އަޕްޑޭޓްކުރުން. (ދިވެހި،ބިދޭސީ)

12. ޔައުމިއްޔާ ލިޔުމާއި،މަރުކަޒައަށް ލިބޭ ލިޔުންތައް ދުވަހުން ދުވަހަށް އެންޓްރީކޮށް ނިންމުން.

13.ސެކްޝަނާއި ގުޅުންހުރި ރިޕޯޓްތަކާއި،މެސެޖް، ސިޓީތަކަށް ޖަވާބުދިނުމާއި ، އެތަކެތި ފޮނުވަން ޖެހޭ ޤަވައިދުން ފޮނުވުން

14. ފައިލްކުރަންޖެހޭ ތަކެތި ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން

15.އިމާރާތައް ގެންނަށްޖެހޭ ބަދަލުތަކާއި ،މަރާމާތުގެ ކަންތައްތައް ބަލަހައްޓައި އެފަދަ މަސައްކަތްތައް ވެރިމީހާގެ  ލަފާފުޅާއިއެކު ކުރިއަށް ގެންދިއުން

16.ސިއްޙީމަރުކަޒުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަބަދުވެސް ގަދަ އަޅައި މަސައްކަތް ކުރުން

17.ސިއްޙީމަރުކަޒުގައި ކުރެވޭ އެކިއެކި މަސައްކަތްތަކާއި ހެލްތް ޕްރޮމޯޝަން އެކްޓިވިޓީތަކުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުންދީ ޢަމަލީ ގޮތުން ބައިވެރިވުން

18.މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދަމަހައްޓާ އޮފީސް މާހައުލަކީ ހިތްހަމަޖެހިގެން މަސައްކަތް  ކުރާ މާހައުލަކަށް ހެދުމަށް މަސައްކަތްކުރުން

19.ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނަވާ ބޭފުޅަކު އަންގަވާ މަސައްކަތްތައް ކުރިއަށް  ގެންދިއުން.

20.ވެރިއެއްގެ މަޝްވަރާގެމަތިން ސިޓީ ، މެސެޖްތަކަށް ޖަވާބު ދިނުމާއި އެފަދަ އެންމެހާ ލިޔުންތައް  ފައިލްކޮށް ބެލެހެއްޓުން

21. ސިއްޙީމަރުކަޒުގެ އިންވެންޓްރީއާއި ޖެނެރަލް ސްޓޮކް ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްތައްކުރުން.

22. އާސަންދަ ސްކީމްގެ ޚިދުމަތާ ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް މުއްދަތަށް ފޮނުވޭތޯ ބަލައި ، ޗެކްކުރުން

23.ސިއްޙީމަރުކަޒުން އަތޮޅު ސިއްޙީމަރުކަޒު ފޮނުވަންޖެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރު ކުރުވުމާއި ، މުއްދަތަށް ފޮނުވުން

މަޤާމުގެ ޝަރުތުތައް

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާ

 އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އަދި ދިއްފުށީ ޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ ،އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މައްސޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

  (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1)      ތަޢުލީމާއި ތަމްރީން ( ލިބިފައިވާ ތަޢުލީމު، މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން)

2)      " އިމްތިހާން " ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން

3)      މަސައްކަތުގެ ތަޖުރިބާ ( މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ )

4)      ލިބިފައިވާ ހުނަރު ( އިންޓަރވިއު / ޕްރެކްޓިކަލްސް )

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 މާރިޗު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ކ.ދިއްފުށީ ޞިއްޙީމަރުކަޒުގެ ކައުންޓަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]    މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.  

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅާނަމަ، ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 މާރޗް 2020 އާއި 26 މާރޗް 2020  އާ ދެމެދު، ކ.ދިއްފުށީ ޞިއްހީ މަރުކަޒުގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2 ފޯމް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވާޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝިޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯރޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 6640645 ނަންބަރު ފޯނަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ"އައްޔަނުކުމުގެއުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާއެވެ.

 

                                15 ރަޖަބު 2020

10 މާރިޗު  1441

10 މާރިޗު 2020
ހޯދާ