ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ސެކިއުރިޓީ އޮފިސަރ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައިމިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 ސެކިޔުރިޓީ އޮފިސަރ (ފިރިހެން)

ރޭންކް:

 GS2/B

ސެކްޝަން/ޑިޕާޓްމަންޓް

 ސެކިޔުރިޓީ I

ބޭނުންވާ އަދަދު:

 1

ތަޢްލީމާއި ތަޖްރިބާ:

  1. އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުފުރައެއްގެ މީހެއް ކަމަށްވުމާއެކު، ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
  2. އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުފުރައެއްގެ މީހެއް ކަމަށްވުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތު:

 -  ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެތެރޭގެ ސެކިޔުރިޓީގެ ކަންކަން ސާޖަންޓް އެޓް އާރމްސްގެ އިރުޝާދުގެ ދަށުން ބެލެހެއްޓުން

އުޖޫރަ:

 - މަހަކު -/6,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

 - ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

 - ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3500 ރުފިޔާ

 

ފޯމް ފޮނުވަންވީ ތާރީޚް: 11 މާރިޗު  2020 ން 17 މާރިޗު  2020 ށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.

 

ހުށަހަޅަންޖެހޭ ލިއުންތައް: 

  • ފުރިހަމަކޮށްފައިވާ ޕާލަމެންޓްރީ ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި އިދާރާގެ ވެބްސައިޓް www.majlis.gov.mv އިން ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރެޑިޓްކުރެވިފައި)
  • މަޤާމުގެ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

ނޯޓް: މިމަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާޠިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

10 މާރިޗު 2020
ހޯދާ