ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ.ގަމު ބްރާންޗުގައި ޓްރާންސްފޯމަރ ހަޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

 

ނަންބަރު: FNK-I/IUL/2020/072  

 

އިއުލާން

 

 

ލ.ގަމު ބްރާންޗުގައި ޓްރާންސްފޯމަރ ހަޓެއް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

މި ކުންފުނިންދޭ މަޢުލޫމާތާއި އެއްގޮތައް ލ.ގަން ބްރާންޗުގައި ޓްރާންސްފޯމަރ ހަޓް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ލ.ގަމު ބްރާންޗްއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

11 އިން 15 މާރިޗު 2020

09:00 އިން 14:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

16 މާރިޗު 2020

14:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

18 މާރިޗު 2020

13:00 މެންދުރު

           

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް، ކުރެހުން އަދި ބީ.އޯ.ކިޔު ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް އީމެއިލް ގެ ޒަރިއްޔާއިން ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

10 މާރިޗް 2020

      

 

 

 

 

                                                                 

10 މާރިޗު 2020
ހޯދާ