ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަނުން ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި ނަންބަރު (ILU)195-C/1/2020/5 (23 ޖަނަވަރީ 2020) އިޢުލާން ބާތިލް ކުރުން

މި ކޮމިޝަނުން ކްރިމިނަލް ކޯޓާއި ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދުމަށް ކުރި ނަންބަރު (ILU)195-C/1/2020/5 (23 ޖަނަވަރީ 2020) އިޢުލާން ކޮމިޝަނުން ބާޠިލްކޮށްފީމެވެ.

 

މި ދެންނެވި އިޢުލާން ބާޠިލްކުރަން ކޮމިޝަނުން ނިންމީ، މިނިސްޓްރީ އޮފް ފިނޭންސް އިން އަލަށް މުވައްޒަފުން ނުނެގުމަށް އަންގަވާފައިވުމުގެ އިތުރުން، މިހާރު މުޅިދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށްވެސް ވަރަށްބޮޑަށް ނޭދެވޭ އަސަރުކުރަމުންދާތީ، މިދަނޑިވަޅުގައި އިތުރު މަޤާމުތަކަށް މުވައްޒަފުން ނެގުމަކީ އެންމެ ރަނގަޅުކަމެއްކަމަށް މި ކޮމިޝަނުން ނުދެކޭތީއެވެ. އަދި ޤާޟީއަކު އައްޔަންކުރާއިރު ކޮންމެ ޤާޟީއެއްގެ މަސައްކަތުގައި އިދާރީގޮތުން އެހީތެރިވުމަށް މުވައްޒަފުން ހަމަޖައްސަންޖެހުމާއެކު ޝަރީއަތްކުރެވޭނެ އެހެނިގެން އިންތިޒާމްތައް ހަމަޖައްސަންޖެހޭތީ، އިތުރު ޚަރަދު ކުރަންޖެހޭކަން ފާހަގަކުރަމެވެ.  

ވީމާ، ސުޕީރިއަރ ކޯޓުތަކުގެ ޤާޟީން ނެގުން ވަގުތީގޮތުން މަޑުޖައްސާލާ، ފަހުގެ ތާރީހުގައި ހާލަތަށް ރިއާޔަތްކޮށް ޤާޟީން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވާހަކަ ދެންނެވީމެވެ.

 

                        15 ރަޖަބް 1441

                        10 މާރިޗް 2020

10 މާރިޗު 2020
ހޯދާ