އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މިކައުންސިލާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ އދ.ދިއްގިރި ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި ރަށް ވަގުތީގޮތުން ބެލެހެއްޓުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި 19 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 11:30 ގެ ކުރިން މިއިދާރާއަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

މި ރަށާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތު ޝީޓް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. ހުށައެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 19 މާރިޗު 2020 ވާ ބުރާސްފަތި ދުވަހު 11:30 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވެލައްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

09 މާރިޗު 2020
ހޯދާ