މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ

މިއޮތޯރިޓީ އިން ކޮށްފައިވާ ނަންބަރު (IUL)202-A/1/2020/22 (18 ފެބްރުވަރީ 2020) އިއުލާނު ބާތިލްކޮށް މުވައްޒަފުން ހޯދުމަށް އަލުން ޢިއުލާނު ކުރީމެވެ.

މަގާމް

ޑިރެކްޓަރ

މަޤާމް ނަމްބަރު

J-322626

ބޭނުންވާ އަދަދު

01

މަޤާމް ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އީއެކްސް 1

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް ޑިރެކްޓަރ

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

މެރިޓައިމް ޓްރާންސްޕޯޓް ޑިޕާރޓްމަންޓް / މެރިޓައިމް އެންޑް ޕޯޓްސް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/8,835 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

ސަޕޯޓިވްކޯ އެލަވަންސް

-/1100 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ 35%

އިތުރު އިނާޔަތްތައް

 • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
 • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
 • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރުގެ އެލަވަންސް.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

 1. ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމާބެހޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ކަނޑަ އެޅިފައިވާ ތަރުތީބުންކުރުމާއި މިހާރު ހެދިފައިވާ ޤަވާއިދުތައް ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އިތުރަށް ހަދަންޖެހޭ ޤަވާއިދުތައް ހެދުމުގެ މަސައްކަތް އަހަރު ދުވަހަށް ބަހާލައިގެން ކުރުން.
 2. ކަނޑުދަތުރުފަތުރުކުރާ އާގުބޯޓް ފަހަރުގެ ޕޯޓް ސްޓޭޓް އަދި ފްލޭގް ސްޓޭޓް އިންސްޕެކްޝަންތައް މިކަމަށް ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކޮށް ނިންމުން.
 3. އާގުބޯޓްފަހަރު އޮޕަރޭޓްކުރާ ކުންފުނި އަދި ބޯޓްފަހަރުގެ ISPS އަދި ISM އޮޑިޓްތައް ކުރުމާއި އެކަމާގުޅޭ ލިޔެކިއުންތައް ތައްޔާރުކުރުމާއި، މިކަމަށް ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކޮށް ނިންމުން.
 4. ކަނޑުގެ އުޅަނދު ފަހަރު ރެޖިސްޓްރީ ކުރުމާއި އުޅަނދުފަހަރުގެ ދަފުތަރު ބެލެހެއްޓުމާއި އުޅަނދުފަހަރުގައި ފަޅުވެރިން ތިބެންޖެހޭ ސަލާމާތީ މިންގަނތައް ހެދުން.
 5. ކަނޑު އުޅަނދު ފަހަރަށް ދޭންޖެހޭ ސަލާމަތީ ސެޓްފިކެޓާއި ސްޓެޓިއުރީ ސެޓްފިކެޓް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުން.
 6. ކަނޑުދަތުރުކުރާ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހަޅާ މާވަޑި ސެޓްފިކެޓާއި ކުރެހުންތައް ޗެކްކޮށް އޮތޯރިޓީގައި ހަދާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ދުވަހުން ދުވަހަށް އެޕްރޫވް ކުރުން.
 7. ކަނޑުމަތީގައި ދިމާވާ އެކްސިޑެންޓްތައް އިންވެސްގޭޓްކުރުމާއި، އެކަމާ ގުޅިގެން އަޅަންޖެހޭ އިސްލާހީ ފިޔަވަޅުތައް އެޅުމާއި، އިންވެސްޓިގޭޝަން ރިޕޯޓް ޝާޢިއުކުރުމާއި، އާގުބޯޓްފަހަރަށް ދިމާވާ އެކްސިޑެންޓްތައް އެކަމަށްޓަކައި ހަދާފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއެއްގޮތަށް އިންވެސްޓިގޭޓްކޮށް ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 8. ކަނޑު އުޅަނދުފަހަރާއި،އެ އުޅަނދުފަހަރުގައި ހުންނަންޖެހޭ އާލަތްތަކާއި ސާމާނުތައް އިންސްޕެކްޓްކޮށް ސާރވޭކުރުމާއި އުޅަނދުފަހަރުން ޚިދުމަތް ދިނުމުގެ ކެޓަގަރީތައް ކަނޑައެޅުން.
 9. އާގުބޯޓު ފަހަރުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް ދޭންޖެހޭ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ އާއި ކޮންޓިނިއުއަސް ޑިސްޗާޖް ސެޓްފިކެޓް ދޫކުރުމާއި މިފަދަ ސެޓްފިކެޓާއު ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރުން.
 10. ގައުމީ އެޖެންސީތަކާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ޒަމާނީ ވަސީލަތްތަކާއި މެނޭޖްމަންޓް ޕްރޮސެސްތަކާއި ޕްރެކްޓިސްތައް ތައްޔާރުކުރުން.
 11. މެރިޓައިމް ދާއިރާގެ ސަލާމަތީ ކަންތައްތައް ރަނގަޅު ކުރުމަށްޓަކައި:
 12. (ހ) މެރިޓައިމް ދާއިރާއާއި ގުޅޭ ތަމްރީން ޕްރޮގްރާމްތައް ތައްޔާރުކުރުމާއި، ސަލާމާތާއި ގުޅޭ މައުލޫމާތު މެނޭޖް ކުރާނެ ސިސްޓަމް ތައްޔާރުކުރުމާއި، މެނޭޖްކުރާނެ އެންމެ ރަނގަޅު ގޮތްތައް ހޯދުން.

  (ށ) ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ސަލާމަތީ ކަންކަން ހަރުދަނާ ކުރުން.

13. މެރިޓައިމް ދާއިރާގެ ސެކިއުރިޓީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި:

(ހ) މެރިޓައިމް ދާއިރާއާއި ގައުމީ ލެވެލްގައި މެރިޓައިމް ޑޮމެއިންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން.

(ށ) މެރިޓައިމް ދާއިރާއިން ނުކުންނަ ސަލާމަތީ ކަންކަމާއި ބެހޭ މައްސަލަތައް ދެނެގަނެ އެޑްވައިޒަރީތައް ތައްޔާރުކުރުން.

(ނ) ކަނޑުދަތުރު ކުރާ އުޅަނދު ފަހަރަށް ބޭނުންވާ ސެކިއުރިޓީ އަދި ސަލާމަތީ ތަމްރީނު ޕްރޮގްރާމްތައް ހިންގުން. 

14. ދެމެހެއްޓެނިވި ގޮތަކަށް މެރިޓައިމް ދާއިރާގެ ތިމާވެށްޓާއި ގުޅުންހުރި މަސައްކަތްތައް ހަރުދަނާ ކުރުމަށްޓަކައި:

(ހ) މެރިޓައިމް ދާއިރާއަށް ބޭނުންވާ ތަފާތު ފިއުލާއި ޓެކްނޮލޮޖީގެ ޕަރފޯމަންސް ދެނެގަތުން.

(ށ) ކަނޑު އުޅަނދުފަހަރުން ނުކުންނަ ވައިގެ ޕޮލިއުޝަން ދަށްކުރުމަށް ސްރެޓްޖީތައް ހޯދައި ތަފާތު ހަކަތަތަކާއި ޓެކްނޮލޮޖީ އެވެލުއޭޓް ކުރުން.

(ނ) މެރިޓައިމް ދާއިރާއިން ދިމާވެދާނެ ހިރާސްތައް ދެނެގަތުމަށް ބޭނުންވާ ދިރާސާތައްކޮށް އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ދެނެގަތުން.

15. މެރިޓައިމް ސޭފްޓީ ސެކްޝަން ހިންގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

16. ސޮލާސް ކޮންވެންޝަން ( އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފް އެޓް ސީ ) ދަށުން ކުރަންޖެހޭ ކަންކަން ރާވާ ހިންގުން

17. މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީ ގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން އެމުވައްޒަފަކު ކުރާ މަސައްކަތެއް ޙަވާލުކޮށްފި ޙާލަތެއްގައި އެމަސައްކަތެއް ޙަވާލުކުރި މުއްދަތެއްގައި ޒިންމާދާރުކަމާއިއެކު ކުރުން.

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

 

 

 1. މެރިން ޓެކްނޮލޮޖީ ނުވަތަ މެރިޓައިމް ސްޓަޑީސް އާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑެގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މެރިޓައިމް ޓްރާންސްޕޯޓް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބަފައިވުން.

ނުވަތަ

 1. މެރިން ޓެކްނޮލޮޖީ ނުވަތަ މެރިޓައިމް ސްޓަޑީސް އާއި ގުޅޭ ތައުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑެގެ ލެވެލް  09 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މެރިޓައިމް ޓްރާންސްޕޯޓް ދާއިރާއެއްގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބަފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

-          ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

-          ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

-          ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.

 

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)

އިންޓަރވިއު ކުރުން:

 

 

 

 

ޝޯޓްލިސްޓް ކުރުން:

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ( ވެލާނާގެ 11 ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 22 މާރިޗު 2020 އިން ފެށިގެން 31 މާރިޗު 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

 

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 މާރިޗު 2020 ގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-     ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.

-  މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343425 އަށް ގުޅުއްވުން އެދެމެވެ.

 

 

08 މާރިޗު 2020
ހޯދާ