މަގާމް
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
|
މަޤާމް ނަމްބަރު
|
J-316888
|
|
ބޭނުންވާ އަދަދު
|
01
|
|
މަޤާމް ގިންތި
|
ދާއިމީ
|
|
މަޤާމުގެ ރޭންކް
|
އީއެކްސް 3
|
|
މަގާމުގެ ކްލެސިފިކޭޝަން
|
ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް
|
|
މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން
|
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ / ކ.މާލެ
|
|
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް
|
މެރިޓައިމް ޓްރާންސްޕޯޓް ޑިޕާރޓްމަންޓް
|
|
މުސާރައާއި އިނާޔަތްތައް
|
|
މުސާރަ
|
-/11065 ރުފިޔާ
|
|
ސަރވިސް އެލަވަންސް
|
-/2,000 ރުފިޔާ
|
|
ސްޕެޝަލް ޑިއުޓީ އެލަވަންސް
|
މުސާރައިގެ 35%
|
|
އިތުރު އެލަވަންސް
|
މެރިން ސައިންސް ނުވަތަ މެރިން ޓެކްނޮލޮޖީގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެއްސެން ނެތްނަމަ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/1300 ރުފިޔާ ލިބޭނެއެވެ.
|
|
އިތުރު އިނާޔަތްތައް
|
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދަތުރުގެ އެލަވަންސް.
|
|
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު
މަސައްކަތް:
|
- އޮފީހުގެ މެރިޓައިމް ޓްރާންސްޕޯޓް ޑިވިޜަނުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- އޮފީހުގެ މެރިޓައިމް ޓްރާންސްޕޯޓް ޑިވިޜަނުގެ މުވައްޒަފުން މޮނީޓަރކޮށް ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުން ސުޕަވައިޒްކުރުމާއެކު މަސައްކަތު ފެންވަރު ބެލެމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- އޮފީހުގެ މެރިޓައިމް ޓްރާންސްޕޯޓް ޑިވިޜަނުގެ މުވައްޒަފުން މޮނީޓަރކޮށް ސުޕަވައިޒްކުރަންޖެހޭ މުވައްޒަފުން ސުޕަވައިޒްކުރުމާއެކު މަސައްކަތު ފެންވަރު ބެލެމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު ދަތުރުފަތުރުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ވިލަރެސްކޮށް، އެސިޔާސަތުތައް ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑުދަތުރުފަތުރު ދާއިރާގައި މިހާރު ޢަމަލުކުރަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމާއި އެ ޤާނޫނުތަކާއި ގަވާއިދުތައް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ހަދަންޖެހޭ ޤާނޫނުތަކާއި ގަވާއިދުތައް ހެދުމަށް ބޭނުންވާ ފަންނީމީހުން ހޯދާ އެމަސައްކަތް އެފަރާތްތަކާ ޙަވާލުކޮށްގެން ޤާނޫނޫތަކާއި ގަވާއިދުތައް ހެދުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތަކާ ގުޅޭގޮތުން ދޫކުރަންޖެހޭ ލައިސަންސްތައް ދޫކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން.
- ކަނޑު އުޅަނދުފަހަރުގެ ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު އުޅަނދުފަހަރުގެ ރަހުނު ރަޖިސްޓަރީކޮށް، ރަހުނާބެހޭ ދަފްތަރެއް އެކުލަވާލާ،ދަފްތަރު ބެލެހެއްޓުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު އުޅަނދުފަހަރުން ދޭ ޚިދުމަތްތަކުގެ އަގުތައް ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަނޑައަޅާ،އަގުތައް ނެގޭނެ އިންތިޒާމްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު އުޅަނދުފަހަރަށް ދޭންޖެހޭ ސަލާމަތީ ސެޓްފިކެޓާއި، ސްޓެޓިއުޓަރީ ސެޓްފިކެޓް ދިނުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު އުޅަނދުފަހަރު ދުއްވަން ބޭނުންވާ ފަރާތްތައް އިމްތިޙާނުކުރުމާއެކު،އެފަރާތްތަކަށް ދޭންޖެހޭ ލައިސަންސް ދޫކުރުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- އާގުބޯޓުފަހަރުގައި ވަޒީފާއަދާކުރާ ދިވެހިންނަށް ދޭންޖެހޭ "ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ" އާއި "ކޮންޓިނިއުއަސް ޑިސްޗާޖް ސެޓްފިކެޓް" ދޫކުރުމާއި، މިފަދަ ސެޓްފިކެޓްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު އުޅަނދުފަހަރާއި، އެ އުޅަނދުފަހަރުގައި ހުންނަންޖެހޭ އާލާތްތަކާއި ސާމާނުތައް އިންސްޕެކްޓްކޮށް ސާރވޭކުރުމާއި، އުޅަނދުފަހަރުން ޚިދުމަތްދިނުމުގެ ކެޓަގަރީތައް ކަނޑައެޅުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ދިވެހިރާއްޖޭގެ ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި، ރާއްޖެއިން ބޭރުން ރާއްޖެއަށް އަންނަ ކަނޑުގެ އުޅަނދުފަހަރުގެ ޕޯޓް ސްޓޭޓް ކޮންޓްރޯލްކުރުމުގެ މަސައްކަތް ބަލެހެއްޓުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޕައިލޮޓޭޖްގެ ޚިދުމަތާއި، ކޯސްޓަލް ނެވިގޭޝަންގެ ޚިދުމަތްދިނުމާއި، ވިޔަފާރި ބަނދަރުތަކުން ފޯރުކޮށްދޭންޖެހޭ މެރީން ސާރވިސްގެ ކަންތައްތަކުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިންގާ ކަނޑު ދަތުރުފަތުރުގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހަރުދަނާކުރުމަށް އެހީތެރިވުމާއި، އެކަންކަން ވިލަރެސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ރާއްޖޭގައި ކަނޑުގެ އުޅަނދު ބަންނަ ތަންތަނުގައި ހުންނަންޖެހޭ މިންގަނޑުތަކާއި،އުޅަނދުފަހަރު މަރާމާތުކުރުމުގެ މިންގަނޑުތައް ކަނޑައެޅުމާއި، ރާއްޖެއަށް އެތެރެކުރާ ކަނޑުގެ އުޅަނދުފަހަރުގެ މާވަޑިކަން ޤަބޫލްކުރާނެ މިންގަނޑުތައް ކަނޑައެޅުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން
- ކަނޑު އުޅަނދުތަކަށް ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ކަމާގުޅޭ ދާއިރާތައް މެދުވެރިކޮށް ތަޙްޤީޤުކުރުމާއި، ތަޙްޤީޤް ރިޕޯޓުތައް ހޯދާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ތަޙްޤީޤު ރިޕޯޓުތައް ފަސޭހައިން ހޯދޭނެ ގޮތަކަށް ފައިލްކޮށް ބެލެހެއްޓުމާއި، ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު ދަތުރުފަތުރަށް ބޭނުންވާ ނެވިގޭޝަން ލައިޓާއި، ބޮއި އަދި މިނޫންވެސް ނެވިގޭޝަން އެއިޑްތައް ޤާއިމްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އެތަކެތި ބެލެހެއްޓޭނެ ނިޒާމެއް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު ދަތުރުފަތުރާއިގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ކޮމިޝަންތަކާއި، ޖަމްޢިއްޔާތަކާއި، ޔޫނިއަންތަކާއި އަދި ކޮމިޓީތަކުގައި ދިވެހިރާއްޖެ ތަމްސީލްކުރުވޭނެގޮތް ހެދުމާއި، އެފަދަ ފަރާތްތަކުގެ ޙަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއްގެ ދަށުން ބެލެހެއްޓުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- މެރިޓައިމް ޓްރާންސްޕޯޓް ޙަރަކާތްތަކާއި ގުޅިގެން ޤައުމީ ފެންވަރުގައާއި، ސަރަޙައްދީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަންޖެހޭ ކަންތައްތައް ވިލަރެސްކޮށް ހިންގާ ބެލެހެއްޓުން.
- ކަނޑު ދަތުރުފަތުރުގެ ދާއިރާގެ ހޯދުންތަކާއި، ދިރާސާތަކާއި، ތަޙްޤީޤުތަކާއި، ތަފާސްހިސާބުތައް އެއްކުރުމާއި، މިކަންކަމާއި ގުޅިގެން އެކުލަވާލަންޖެހޭ ރިޕޯޓްތައް އެކުލަވާލާ ޝާއިޢުކުރުމާއި ހަދަންޖެހޭ ޕްލޭންތައް ހަދެމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ކަނޑު ދަތުރުފަތުރުގެ ދާއިރާއިން ދެވޭ ޢާންމު ޚިދުމަތްތަކާއިބެހޭ އެންމެހައި ކަންކަން ރާވާ ހިންގާ ބެލެހެއްޓުން.
- މެރިޓައިމް ދާއިރާ ތަރައްޤީ ކުރުމުގެ ގޮތުން ފަންނީ ލަފާ ދެވޭ ފެންވަރުގެ ކޮންސަލްޓެންޓުން ގަވާއިދާ އެއްގޮތަށް ރާއްޖޭން ބޭރުން ހޯދާ ކޮންސަލްޓެންޓުންގެ ލަފާގެ މަތިން މެރިޓައިމް ދާއިރާ ތަރައްޤީ ކުރުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- އާގުބޯޓްފަހަރު އޮޕަރޭޓްކުރާ ކުންފުނި އަދި ބޯޓްފަހަރުގެ ISPS އަދި ISM އޮޑިޓްތައް ކުރުމާއި އެކަމާގުޅޭ ލިޔެކިއުންތައް ތައްޔާރުކުރުމާއި، މިކަމަށް ހަދާފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ދަށުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކޮށް ނިންމުމުގެ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- އިންޓަރނޭޝަނަލް ކޮންވެންޝަން ފޯ ދަ ސޭފްޓީ އޮފް ލައިފު އެޓްސީ(ސޮލާސް) އަދި ދަ އިންޓަރނޭޝަނަލް ކޮންވެންޝަން ފޯރ ދަ ޕްރިވެންޝަން އޮފް ޕޮލިއުޝަން ފްރޮމް ޝިޕްސް (މާރޕޯލް)ގައި ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- މެރިޓައިމް ޓްރާންސްޕޯޓް ދާއިރާއިން އޮތޯރިޓީއަށް ލިބިގެންވާ ބާރުތައް ތަންފީޒުކުރުމަށްޓަކައި އަދި މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރަންޖެހޭ،މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުން.
- ދިވެހިސިވިލްސަރވިސްގެ ޤާނޫނާއި ޤަވާއިދު އަދި ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމަށް އޮފީހުގެ ޕަރމަނަންޓް ސެކްރަޓަރީއާއި ޒިންމާދާރުވެރިޔާއަށް ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަންދީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާއިދު އަދި ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުން.
- އޮފީހުން މާލެ އަދި އަތޮޅު ތެރޭގައި ބާއްވާ އެކި ކަހަލަ ތަމްރީނުތަކާއި އެވެއަރނަސްތަކާއި އިންސްޕެކްޝަންތައް ވެރިންގެ އިރުޝާދާއެއްގޮތަށް މަސައްކަތް ރާވާ ކުރިއަށް ހިންގުން.
- މުވައްޒަފަކު ޗުއްޓީގައި ހުރުމުގެ ސަބަބުން ނުވަތަ ވަގުތީ ގޮތުން މުވައްޒަފަކު މަދުވުމުގެ ސަބަބުން އެމުވައްޒަފަކު ކުރާ މަސައްކަތެއް ޙަވާލުކޮށްފި ޙާލަތެއްގައި އެމަސައްކަތެއް ޙަވާލުކުރި މުއްދަތެއްގައި ޒިންމާދާރުކަމާއިއެކު ކުރުން.
|
|
މަޤާމުގެ ޝަރުތުތައް
|
|
އަސާސީ ޝަރުތު
|
- މެރިޓައިމް ސްޓަޑީޒް ނުވަތަ މެރިން ޓެކްނޮލޮޖީ ދާއިރާއިން ތައުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މެރިޓައިމް ޓްރާންސްޕޯޓް ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބަފައިވުން.
ނުވަތަ
- މެރިޓައިމް ސްޓަޑީޒް ނުވަތަ މެރިން ޓެކްނޮލޮޖީ ދާއިރާއިން ތައުލީމީ ރޮނގަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑެގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، މެރިޓައިމް ޓްރާންސްޕޯޓް ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
|
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
- ކޮމްޕިއުޓަރ އަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލައިގެން.
|
|
އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)
|
|
އިންޓަރވިއު ކުރުން:
ޝޯޓްލިސްޓް ކުރުން:
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން
|
- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ( ވެލާނާގެ 11 ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 22 މާރިޗު 2020 އިން ފެށިގެން 31 މާރިޗު 2020 އާ ދެމެދު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައެވެ.
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
|
މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 މާރިޗު 2020 ގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން އަދި ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
|
|
|
|