މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ރިފްރެޝްމަންޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

                                                                                                    `

                                                                                                  

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                         (IUL)10-F/10/2020/30:ނަންބަރު

އިޢުލާން

          މިއަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި 24 މާރިޗު 2020 ވާ (އަންގާރަ) ދުވަހުގެ ރޭ އިސްލާމީ މަރުކަޒު މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި ބައިވެރިވާ 800 ބޭފުޅުންނަށް ސައި ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ތިރީގައި މިދަންނަވާ ގޮތަށް ނަންނޯޓު ކުރުމާއި ބިޑް ސަބްމިޓް ކުރުން މި މިނިސްޓްރީގައި އޮންނާނެއެވެ.

 

ފަށާ ތާރީޙް

ނިމޭ ތާރީޚް

ތަން

ނަން ނޯޓު ކުރުން

09.03.2020

11.03.2020

[email protected] / 3323820,3321752

ޕްރީ-ބިޑް ސެޝަން

11.03.2020/12:30

 

މިނިސްޓރީ އޮފް ހޯމް އެފެއަރސް، ވެލާނާގެ 10 ވަނަ ފަންގިފިލާ

ބިޑް ސަބްމިޓް ކުރުން

15.03.2020/11:30

 

މިނިސްޓރީ އޮފް ހޯމް އެފެއަރސް، ވެލާނާގެ 10 ވަނަ ފަންގިފިލާ

 މި އިއުލާން އާއި ގުޅިގެން ނަން ނޯޓު ކުރުމަށް ރަސްމީގަޑީގައި މަތީގައިވާ ފޯން ނަންބަރާ ގުޅުއްވައި ކުރިއަށް ގެންދެވޭނެއެވެ. އަދި މެއިލް ކުރައްވާ ފަރާތްތަކުން ތިރީގައި މިވާ މައުލޫމާތުތައް  ފުރިހަމަ ކުރައްވައި މެއިލް  ކޮށްދެއްވުން އެދެމެވެ.

  • މައުލޫމާތަށް ހާޒިރުވާ ކުންފުނި /ފަރާތް
  • އީމެއިލް އެޑްރެސް
  • ނަންބަރު

           މެއިލް ކުރުމުގެ ސުންގަޑިއަކީ، 11 މާރިޗު 2020 ވާ ބުދަ ދުވަހުގެ 10:00 އެވެ. ފޯނުން ގުޅައި ނަން ނޯޓު ކުރުމުގެ ސުން ގަޑި އަކީ 11 މާރިޗު 2020 ވާ ބުދަ ދުވަހުގެ 12:00 އެވެ. އަދި މި އިއުލާން އާއި ގުޅިގެން މައުލޫމާތު ޝީޓު 10 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 11:00 ން ފެޝިގެން މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

          އަދި ނަންނޯޓުނުކުރާ ފަރާތްތަކާއި ޕްރީ-ބިޑް މީޓިންއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާޒީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މި އިއުލާނާއި ގުޅިގެން ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 ޕްރޮޕޯސަލް ކަމުގައި ދަންނަވަމެވެ.

 

‏13 ރަޖަބު 1441

‏08 މާރިޗު 2020    

 

08 މާރިޗު 2020
ހޯދާ