ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ގަތުމާއިބެހޭ

އިޢުލާން

ކޮމްޕިއުޓަރ ސިސްޓަމް ގަތުމާއި ގުޅޭ

                      މިއިދާރާގައި ބޭނުންކުރުމަށް 6 ކޮމްޕިއުޓަރ ސިސްޓަމް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރ   (IUL)406-esms-m/INDIV/2020/17(27 ފެބްރުއަރީ 2020  ) ބާތިލްކޮށް  އެމަސައްކަތްކޮށްދޭނޭ ފަރާތެއްހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

                      ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް  ދުރުވެ  މައުލޫމާތު ސާފްކުރެއްވުމަށްފަހު 19 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތައް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. އަދި މިނިސްޓްރީ  އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި މީރާގައި ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔެކިޔުންތައް ހުށަނާޅާނަމަ އަންދާސީ ހިސާބް ބަލައިނުގަނެވޭނެއެވެ. އަދި މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިނުވާ ކުންފުނިތަކަށްވެސް އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނޭ ވާހަކަ ދަންނަވަމެވެ.

                      އިތުރު މައުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ ނަންބަރ 6820017 ފޯނާއި ގުޅުއްވުން އެދެމެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

08 މާރިޗު 2020
ހޯދާ