ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ތިނަދޫ ކެމްޕަސްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކިލާސްރޫމް ބުލޮކް

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ "ތިނަދޫ ކެމްޕަސްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކިލާސްރޫމް ބުލޮކް" ގެ ކުރެހުންތައް ބަލާ ދިރާސާކުރުމަށް ފަހު ޔުނިވަރސިޓީއިން ގެންނަންބޭނުންވާ ބަދަލުތަކަށް އެމެންޑްމަންޓް ހަދައިދިނުމާއި ބީއޯކިޔު ޗެކްކުރަމަށް ފަހު އިސްލާހް ގެނެސް ދިނުމާއި ޓެންޑަރ ޑޮކިޔުމަންޓް ހަދައިދޭނޭ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ކުރިމަތިލާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 12 މާރިޗް ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.
  3. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ހުށަހަޅަންޖެހޭ ފޯމްތައް 12 މާރިޗް ވާ ބުރާސްފަތި ދުވަހުގެ 10:00އަށް ހާޟިރުވާ ފަރާތްތަކަށް ދެވޭނެއެވެ.
  4. ބީލަން ހުށަހެޅުން އޮންނާނީ 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން "ތިނަދޫ ކެމްޕަސްގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ކިލާސްރޫމް ބުލޮކް" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  5. ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާއި އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  6. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ.
  7. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. 

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮޖެކްޓް ސެކްޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345120، 3345180، 7788319

އީ-މެއިލް: [email protected],  ނުވަތަ  [email protected]

 

 

13 ރަޖަބު 1441

8 މާރިޗް 2020

08 މާރިޗު 2020
ހޯދާ