އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 - ދ. ރިނބުދޫ ކައުންސިލްގެ ރައީސްގެ މަޤާމުގެ ނަތީޖާ
ނަންބަރު: A)CA-2020/128)
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020
2020 އޭޕްރިލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު ހަމަވިއިރު، ދ. ރިނބުދޫ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށެވެ.
ފުރިހަމަ ނަން |
ދާއިމީ އެޑްރެސް |
ކުރިމަތިލާފައިވާ ޙައިޘިއްޔަތު |
އަޙްމަދު އިޤްބާލް ޢަބްދުލްޤައްޔޫމް |
އޮއިދުނި، ދ. ރިނބުދޫ |
އަމިއްލަގޮތުން |
ވީމާ، ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތް އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.
05 މާރިޗު 2020
ހޯދާ