ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީގައި ގަސްރުކަށް ފެތުރިފައިވާ ހުދުކޫޑި (ވައިޓް ފްލައި) ކޮންޓްރޯލް ކުރުމާއި ގުޅޭ

ކުޅުދުއްފުށީގެ ގިނަ ގަސްރުކަށް ހުދުކޫޑި (ވައިޓް ފްލައި) ފެތުރިފައިވާތީ ގަސްރުކަށް ދިމާވެފައިވާ މިމައްސަލަ ހައްލު ކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށް ވަރަށް ހާއްސަ ބައްދަލުވުމެއް 8 މާރޗް 2020ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 08:30ގައި ހދ. އަތޮޅު ތައުލީމީ މަރުކަޒު ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ތަޖުރިބާކާރެކެވެ. ހުދުކޫޑި ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބޭހާއި އެހެނިހެން ވަސީލަތްތައް ކުޅުދުއްފުއްޓަށް ގެނައުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއާއި ގުޅިގެން ކުރަމުންންދާކަމުގެ މަޢުލޫމާތު ހިއްސާ ކުރީމެވެ. 8 މާރޗް 2020ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި މިތަކެތި ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

05 މާރިޗު 2020
ހޯދާ