ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ ސުޕަވައިޒަރ

ސެކިއުރިޓީ ސުޕަވައިޒަރ
މުނިސިޕަލް ސަރވިސަސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އޯލެވެލް ނިންމާފައިވުން ނުވަތަ މަގާމުގެ މަސައްކަތުގެ ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަންގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނުގެ އިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ސެކިޔުރިޓީ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒުކުރުމާއި އެމުވައްޒަފުން ކަންތައްތައް މޮނިޓަރކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހެއްގެ މަސައްކަތަށް ބޭނުންވާ ޓޫލްސްތަކާއި، މުވައްޒަފުން ކަނޑައަޅައި ދުވަހުގެ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް އިންތިޒާމުކޮށް ބެލެހެއްޓުން.
- ސެކިޔުރިޓީ މުވައްޒަފުންނާއި ގުޅިގެން، ސެކިޔުރިޓީއާއިބެހޭ އެންމެހާ ކަންތައްތައް ސެކްޝަންގެ އިސްވެރިޔާގެ އިރުޝާދާއި އެއްގޮތަށް ކުރިއަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
- ކޮންމެ ދުވަހެއްގެ މަސައްކަތްތައް ނިމުމުން، އެދުވަހެއްގެ މަސައްކަތްތަކުގައި އުޅުނު މުވައްޒަފުންނާއި، މަސައްކަތްތައް ހިނގާދިޔަގޮތުގެ ތަފްސީލު ސްޕަވައިޒަރަށް ރިޕޯޓުކުރުން.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.
- ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ އިމާރާތްތަކާއި ތަންތަނުގެ ސެކިއުރިޓީ މަސައްކަތްތައް ބެލެހެއްޓުން.
- ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަކަށް އެއްބާރުލުން ދިނުން.
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 4900.00ރ (އެލަވަންސްތަކާއެކު މަދުވެގެން 10800.00ރ މުސާރައެއް ލިބޭނެއެވެ.)
.....................................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 12 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މައި އޮފީސް:
ގްރައުންޑް ފްލޯރ، ރިޝެޕްޝަން އެޗް.ޑީ.ސީ ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް : 3335892

05 މާރިޗު 2020
ހޯދާ