ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ އެސިސްޓެންޓް

ސެކިއުރިޓީ އެސިސްޓެންޓް
މުނިސިޕަލް ސަރވިސަސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު ޝިފްޓް ޑިއުޓީގައި ސެކިއުރިޓީ ބެލެހެއްޓޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

މަޤާމުގެ މަސްއޫލިއްޔަތު:
ކޯޕަރޭޝަންގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނުގެ އިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނަށް ވެއްދޭ ތަކެއްޗާއި ބޭރުކުރެވޭ ތަކެތި މޮނިޓަރކުރުން. އަދި މައްސަލައެއް ކުރިމަތިވެއްޖެ ހިނދެއްގައި ސުޕަވައިޒަރަށް އަންގައި އެކަން ހައްލުކުރުން.
- ހަމަޖެހިފައިވާ ޢުސޫލަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ ބެލެހެއްޓޭ އިމާރާތައް ވަދެނިކުމެވާ މީހުން ދެނެގަތުން. އަދި އިމާރާތުގެ ގޯތިތެރެއަށް ވަނުމަށް ހުއްދަލިބިފައި ނުވާ ފަރާތްތައް ހުއްޓުވާ އެކަން ސުޕަވައިޒަރަށް ރިޕޯރޓްކުރުން.
- ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުވެރި އަދި އިޙްލާސްތެރިކަމާއި އެކު އަދާކޮށް، ވަގުތައް ކަމޭހިތައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
- ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަކަށް އެއްބާރުލުން ދިނުން.
- މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން

މުސާރަ: 4000.00ރ (އެލަވަންސްތަކާއެކު މަދުވެގެން 8500.00ރ މުސާރައެއް ލިބޭނެއެވެ.)
.....................................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯރމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 12 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ނުވަތަ[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މައި އޮފީސް:
ގްރައުންޑް ފްލޯރ، ރިޝެޕްޝަން އެޗް.ޑީ.ސީ ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް : 3335892

05 މާރިޗު 2020
ހޯދާ