މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް] އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް (އައި.ޑީ.އޭ)ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްގީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާފަރާތްތަކަށްް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.

 

މަޤާމް:                 ފީލްޑް އޮފިސަރ

ގިންތި:                   ކޮންޓްރެކްޓް (2 އަހަރު)

ބޭނުންވާ ޢަދަދު:             1

މުސާރާ:                  4465 ރުފިޔާ (އިތުރު އެލަވަންސްތަކުގެ ތަފްޞީލް ޓަރމްސް އޮފް ރެފެރެންސްގައި)

މަސައްކަތް ކުރަންޖެހޭ ތަން:    މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި.

މަޤާމުގެ ޝަރުތު:

  •  ސާނަވީ ނުވަތަ އެއާއި އެއްފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން 'ސީ' ފާސް ލިބިފައިވުން
  •  ކަނޑުމަތީގައި މަސައްކަތްކުރުމުގެ ތަޖްރިބާ ލިބިފައިވުމާއިއެކު ކަނޑުމަތީގެ އުޅަނދުތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރި ފަރާތެއްކަމުގައިވުން

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އެލަވަންސް ތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މި މިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 

https://www.gov.mv/en/files/tor-field-officer.pdf--1

 

މަޤާމް:                 ޕްރޮގްރާމް އެސިސްޓަންޓް (މެރިކަލްޗަރ ކޮމްޕޯނަންޓް)

ގިންތި:                   ކޮންޓްރެކްޓް (2 އަހަރު)

ބޭނުންވާ ޢަދަދު:             1

މުސާރާ:                  7035 ރުފިޔާ (އިތުރު އެލަވަންސްތަކުގެ ތަފްޞީލް ޓަރމްސް އޮފް ރެފެރެންސްގައި)

މަސައްކަތް ކުރަންޖެހޭ ތަން:    މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި

މަޤާމުގެ ޝަރުތު:

  •  މެރިން ސައިންސް، މެރިން ބަޔޮލޮޖީ، ފިޝަރީޒް ސައިންސް، އެންވަޔަރަންމެންޓަލް ސައިންސް ނުވަތަ މިދާއިރާ އާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ލެވެލް 5 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލާއި އިތުރު އެލަވަންސް ތަކުގެ ތަފްޞީލް (ޓަރމްސް އޮފް ރެފެރެންސް) ގެޒެޓް ވެބްސައިޓުންނާއި، މި މިނިސްޓްރީގެ މީސްމީޑިއާއިން އަދި ތިރީގައިމިވާ ލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 

https://www.gov.mv/en/files/tor-for-programme-assistant-mariculture-component.pdf--1

 

މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

މި މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
  3. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 19 މާރިޗް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މި މިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3322242  ފޯނާއި ގުޅުއްވުން އެދެމެވެ.

                     10   ރަޖަބް  1441

05 މާރިޗު 2020
ހޯދާ