| 
 މިހޮސްޕިޓަލްގެ ދަށުން ހިނގަމުންދާ ނ.ވެލިދޫ ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް  ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލް މީހެކެވެ. 
 | 
| 
 މަގާމު 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ  
 | 
| 
 މަޤާމްގެ ނަންބަރު: 
 | 
 J-323532 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 1 (އެކެއް) 
 | 
| 
 މަޤާމުގެ ގިންތި: 
 | 
 ދާއިމީ 
 | 
| 
 މަޤާމުގެ ރޭންކް: 
 | 
 ޖީ.އެސް 3 
 | 
| 
 މަޤާމުގެ ކްލެސިފިކޭޝަން: 
 | 
 އޮފިސަރ ގްރޭޑް 1 
 | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން: 
 | 
 ނ.ވެލިދޫ ޞިއްޙީމަރުކަޒު 
 | 
| 
 މުސާރަ: 
 | 
 -/4465 ރުފިޔާ 
 | 
| 
 ސަރވިސްއެލަވަންސް 
 | 
 -/1500 ރުފިޔާ 
 | 
| 
 އެހެނިހެން އެލަވަންސް: 
 | 
- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ.
 
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.
 
- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
 
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 
  | 
| 
 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް 
 | 
- ޞިއްޙީމަރުކަޒުގެ ފައިސާއާއިބެހޭ އެންމެހާ ކަމެއްބެލެހެއްޓުމާއި، ފައިސާއާއިބެހޭ ރިޕޯރޓްތައް ހެއްދެވުމާއި ފޮނުއްވުން.
 
- އެޑްމިނިސްޓްރޭޓިވް އޮފިސަރުންގެ ދަށުން މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރެއިން މަސައްކަތްތައް ސްޕަވައިޒްކޮށް ބަލަންޖެހޭ އެންމެހާ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި ސިވިލްސާރވިސްގެ ޤަވާއިދާއި އެއްގޮތައް މުވައްޒަފުންގެ ފެންވަރުބެލުމުގެ މަސައްކަތް ކުރިއަށްގެންދެވުން.
 
- ޞިއްޙީމަރުކަޒުގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ކޮންޓްރެކްޓް އަދި ޗުއްޓީއާއި ގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
 
- ޞިއްޙީ މަރުކަޒުގައި ބޭނުންކުރައްވާ އެކުއިޕްމެންޓްސް އަދި މެޝިނަރީސްގެ މަރާމާތުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
 
- ޞިއްޙީމަރުކަޒުން ހަމަޖައްސަވާ އުސޫލެއްގެމަތިން އިދާރީ އޮފީސް ހުޅުވުމާއި، ޞިއްޙީ މަރުކަޒަށް ލިބޭ އެންމެހާ ލިޔެކިޔުންތައް އެންޓްރީކޮށް ބެލެހެއްޓުމާއި، ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި، މަރުކަޒުގެ ޔައުމިއްޔާ ދުވަހުންދުވަހަށް ލިޔެ ނިންމުމާއި، މުވައްޒަފުންގެ ވަޒީފާއާއި، ޗުއްޓީ ސަލާމުގެ އެންމެހާ ރެކޯޑްސްތައް ބެލެހެއްޓުން.
 
- އިދާރީ އޮފީސް ބަންދު ވަގުތުތަކުގައި ދިމާވާ އިމަރޖަންސީ ކަންތައްތަކުގައި ވެރިއަކު އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.
 
- ޞިއްޙީމަރުކަޒުގެ ޖެނަރަލް ސްޓޮކް ބެލެހެއްޓުމާއި، ސްޓޮކަށްބޭނުންވާތަކެތި ކަމާއިބެހޭ މުވައްޒަފަށް ދަންނަވައިގެން ހޯއްދަވާ ހަމަކުރެއްވުން.
 
- ހަވާލުކުރެވިފައިވާ ރިޕޯރޓްތައް ޤަވައިދުން ފޮނުވަންޖެހޭ ފަރާތްތަކަށް، އެފޮނުވަންޖެހޭ ތާރީހެއްގެކުރިން ޤަވައިދުން ފޮނުވުން.
 
- އެޑްމިނިސްޓްރޭޓިވް އޮފިސަރަކު ބަލިވެ ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަވާނަމަ ޞިއްޙީމަރުކަޒުން ހަމަޖައްސަވާ އުސޫލެއްގެމަތީން އެފަރާތުގެ މަސައްކަތްތައްކުރުން.
 
- ތަނުގެ މަރާމާތު ނުވަތަ އިމާރާތެއްކުރެވެމުންދާނަމަ އެމަސައްކަތްތައްބަލާ ސްޕަވައިޒްކުރުން.
 
- އާސަންދައިގެ ޚިދުމަތްދިނުމުގާ ހައްދަވަންޖެހޭ ރިޕޯރޓްތައް ހެއްދެވުމާއި، އާސަންދައިގެ މަސައްކަތްތައް ވިލަރެސްކުރެއްވުން.
 
- ޞިއްޙީމަރުކަޒުގެ ޢިމާރާތާއި ގޯތިތެޔާއި، ފަރުނީޗަރު، ފަންކާ، ހޮޅިބުރިފަދަ ފޮޅާސާފުކޮށްފައި ބަހައްޓަންޖެހޭ އެންމެހާ ތަކެއްޗާއި، ތަންތަން ސާފުކޮށްފައިވޭތޯބެލިމާއި، ނުކުރައްވާނަމަ މިކަމަށް ކަނޑައެޅިފައިވާ ތާވަލުގައިވާ ގޮތަށް މަސައްކަތް ކުރުވުމާއި، މިކަމާއިގުޅިގެން ހުށައަޅަންޖެހޭ ރިޕޯރޓް ޤަވައިދުން ހުށައެޅުން.
 
- ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ އެކިއެކި ޓީމްތަކުން އެހީތެރިކަމަކަށް އެދިއްޖެ ހިނދެއްގައި އެފަރާތްތަކަށް އެހީތެރިވުން.
 
- ބަލިމީހުންނާއި އަދި ޞިއްޙީމަރުކަޒަށް ފަރުވާ ހޯދުމަށް އަންނަމީހުންނާއި މުއާމަލާތް ކުރައްވާއިރު މަޑުމައިތިރި ކަމާއިއެކު ރިވެތިކޮށް މުއާމަލާތް ކުރުން، އަދި އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުން.
 
- ޞިއްޙީމަރުކަޒުގެ ޢާއްމުއުޞޫލުތަކާއި، ޤަވާޢިދުތަކަށް ޢާއްމުން އިޙްތިރާމް ކުރުމަށް ބާރުއަޅާ އެކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
 
- މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި، އެއްބާރުލުން އާލާކުރުމަށް މަސައްކަތްކުރުމާއި، މުވައްޒަފުން ގުޅިގެންކުރާ މަސައްކަތާއި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމާއި އެހީތެރިވުން.
 
- ޞިއްޙީމަރުކަޒުގެ ހައިބަތާއި ޤަދަރު ކުޑަވާފަދަ އެއްވެސް ބާވަތެއްގެ އެއްވެސް އަމަލެއް ނުހިންގުމާއި ޞިއްހީމަރުކަޒަށް ކުރިއެރުން ހޯދުމަށްޓަކައި މަސައްކަތްކުރުމާއި، ކުރެވޭ މަސައްކަތުގައި އެހީތެރިވުން.
 
- މީގެއިތުރުންވެސް މިމަސްއޫލިއްޔަތުގައި ހިމެނިފައިނުވާ ޞިއްޙީދާއިރާޔާއި ގުޅޭގޮތުން މަރުކަޒުން އަންގާ މަސައްކަތެއްކުރުން.
 
 
  
 | 
| 
 މަޤާމުގެ ޝަރުތު 
  
 | 
 ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއިއެކު ، 'ސެކަންޑަރީ ސްކޫލު'ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން  'ސީ' ގުރޭޑް ލިބިފައިވުން 
 | 
| 
 ގުޅޭ ވަޒީފާގެ ދާއިރާތައް 
 | 
 އެޑްމިނިސްޓްރޭޝަން، މެނޭޖްމެންޓް 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ފުރިހަމަކުރައްވާފައިވާ ވަޒީފާއަށްއެދޭފޯމް (މިފޯމް ނ. ވެލިދޫ ޞިއްޙީމަރުކަޒުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. )
 
- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި، އީމެއިލް އެޑްރެސް ހިމެނޭގޮތަށް.)
 
- ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައްފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭފަދަ ސާފު ކޮޕީއެއް.
 
- ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް ވަޒީފާއަދާކުރާ އޮފީހުން ދޫކުރާލިޔުން.
 
- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެކޮޕީ:
 
 
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮސްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. 
 (ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. 
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.
 
- ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ.
 
 
  
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛
 
 
 (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކަރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާއަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. 
 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. 
 | 
| 
 ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށްބަލާނެކަންތައްތައް 
 | 
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު.
 
- މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.
 
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
 
  | 
| 
 މަޤާމަށް އެދެންވީގޮތާއި،ސުންގަޑި: 
 | 
 މަޤާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 މާރިޗް 2020 ވަނަ ދުވަހުގެ 14:00 ގެކުރިން ނ.ވެލިދޫޞިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިޢުލާންގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭފޯމް ބަލައިގަނެވޭނެއެވެ. 
 | 
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: 
 | 
 މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު  އޮންނާނީ 25 މާރިޗް 2020 އާއި 02 އެޕްރީލް 2020 އާއި ދެމެދު، ނ.ވެލިދޫ ސިއްޙީމަރުކަޒުގައެވެ. 
 | 
| 
   
ޝޯޓް ލިސްޓް ކުރުން: 
 | 
 މިވަޒީފާއަށް އެދި ހުށަހަޅާ ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިއު ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. 
 | 
| 
  ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް(A2 ފޯމް) އާއްމުކުރުން 
 | 
 އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް (A2 ފޯމް) އާންމުކޮށް ފެންނާނެހެން ނ.ވެލިދޫ ސިއްޙީމަރުކަޒުގައި  އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް ނ.ވެލިދޫ ސިއްޙީމަރުކަޒަށް ހުށަހަޅަންވާނެއެވެ. 
 | 
| 
 އިތުރު މަޢުލުމާތު 
 | 
 މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6560526 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ. 
 |