މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 08 ވަނަ ޤުރުއާން މުބާރާތް 2020

ކައުންސިލުން ރާވާ އިންތިޡާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ( ކައުންސިލްގެ 08 ވަނަ ޤުރުއާން މުބާރާތް 2020 ) މެއި މަހުގެ 7 ން 9 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭފޯމް ފުރިހަމަކުރައްވައި މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ.

ފޯމް ބަލައިގަތުމުގެ އެންމެފަހު ތާރީޚަކީ 26 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.      

މުބާރާތުގެ ޢުމުރުފުރާތައް ބަހާލެވިފައިވާގޮތާއި މުބާރާތުގެ މުޤައްރަރު މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

05 މާރިޗު 2020
ހޯދާ