ކްރިމިނަލް ކޯޓު
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ރޭންކް

އެމް.އެސް 1

މަސައްކަތްކުރަންޖެހޭތަން

ކްރިމިނަލް ކޯޓު

އަސާސީ މުސާރަ

-/5610 ރުފިޔާ (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ)

މިމަޤާމަށް ލިބޭ އެލަވަންސް

  • ސަރވިސް އެލަވަންސް -/2000 (ދެހާސް ރުފިޔާ)
  • ލިވިންގ އެލަވަންސް -/2700 (ދެހާސް ހަތްސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1-      މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

އެހެނިހެން ޝަރުޠު

  • ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚްތިޔާރު ލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  • ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤާވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ކޯޓުގެ މުވައްޒަފަކާއި ހުރި ފަރާތެއް ކަމުގައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. އަތްމަތީ ފައިސާ (ޕެޓީކޭޝް) އާބެހޭ އެންމެހައި މަސައްކަތް ކުރުން.
  2. ތިޖޫރީއާއި ޙަވާލުވެ ތިޖޫރީ ބެލެހެއްޓުމުގެ އެންމެހައި މަސައްކަތްކުރުން.
  3. ފައިސާބަލައިގަތުމާއި، ޖަމާކުރުން.
  4. ޖޫރިމަނާ ފައިސާއާބެހޭ އެންމެހައި މަސައްކަތްކުރުން.
  5. ޑިޕޮސިޓް ފައިސާއާ ގުޅުންހުރި އެންމެހައި މަސައްކަތްކުރުން.
  6. ބިލްތަކަށް ފައިސާ ދެއްކުން (ސެޕް ސިސްޓަމްމެދުވެރިކޮށް އަދި އަތްމަތީ ފައިސާއިން).
  7. ރިޕޯޓްތައް ތައްޔާރުކުރުން.
  8. މާލީ ބަޔާން ތައްޔާރުކުރުން.
  9. ކޭޝްފްލޯ ތައްޔާރުކުރުން.
  10. ބަޖެޓް ކޮންޓްރޯލް ތައްޔާރުކުރުން.
  11. ރިކުއެސްޓް ފޯމު ކޮމިޓް ކުރުން.
  12. އަންދާޒާ ބަޖެޓް ތައްޔާރުކުރުން.
  13. ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެމޯ ފަދަ ލިޔުންތައް ތައްޔާރުކުރުން.

ތަޢުލީމީ ރޮނގު

އެކައުންޓިންގ އެންޑް ފައިނޭންސް / އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

  • އެކައުންޓިންގ އެންޑް ފައިނޭންސް
  • ބިޒްނަސް / އޮފީސް އެޑްމިނިސްޓްރޭޝަން
  • އޮފީސް މެނޭޖްމަންޓް

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި

1-      ފުރިހަމަކޮށްފައިވާ، ޝަރުޢީދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭފޯމު

2-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް)

3-      ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-      ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓްގެ ކޮޕީ އާއިއެކު

5-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަކުރެއްވިކަމުގެ ރަސްމީ ލިޔުމާއި އެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯރޓް ހުށަހެޅުމާއި އެކު، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.

6-      މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަ ކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާއި ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއްނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.

7-      ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަޤާމްގެ ނަން، ހޭދަވި މުއްދަތު، ރޭންކް އަދި އެޕްރައިޒަލް އަށް ލިބިފައިވާ މާރކްސްތަކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ފަދަ ލިޔުމެއް)

8-      ޝަހާދާ ޡާނަވިއްޔާ ނިންމާފައިވާ ފަރާތްތަކުން ތަޢުލީމް ޙާސިލްކުރި ތަނުން ދޫކުރާ ސެޓްފިކެޓްގެ ޓްރާންސްލޭޓް

ސުންގަޑި

15 މާރިޗް 2020 ވަނަ ދުވަހުގެ 13:00ގެ ކުރިން.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • މަޤާމަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުންނަށް އިސްކަން ދެވޭނެ.
  • "މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް" ޕްރޮފެޝަނަލް ފެންވަރެއްގައި ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ ފަރާތަކަށްވުން.
  • ދައުލަތުގެ މާލިއްޔަތު ޤަވާއިދާއި، ވަޒީފާއާއި ބެހޭ ޤާނޫނާއި، ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އަޙުލުވެރި ފަރާތަކަށްވުން.
  • އިނގިރޭސި ބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތު ކުރަން އެނގޭ ފަރާތަކަށްވުން.

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބާތިލް ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދޭފޯމު މިކޯޓުގެ ކައުންޓަރުންނާއި، މިކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ލިބެން ހުންނާނެއެވެ.
05 މާރިޗު 2020
ހޯދާ