ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސ.ހިތަދޫ ކެމްޕަސްއަށް އެއަރކޮންޑިޝަންތައް ސަޕްލައިކޮށް ހަރުކޮށްދޭން ފަރާތެއް ބޭނުންވެއްޖެެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ.ހިތަދޫ ކެމްޕަސްއަށް އެއަރކޮންޑިޝަންތައް ސަޕްލައިކޮށް ހަރުކޮށްދޭން ފަރާތެއް ބޭނުންވެއްޖެެއެވެ.
  2. ގަންނަން ބޭނުންވާ ތަކެތީގެ މިނިމަމް ރެކުއަރމަންޓް މި ކަރުދާހާ އެޓޭޗް ކުރެވިފައިވާނެއެވެ.
  3. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ.
  4. މިބީލަމަކީ ޑެލިވަރކޮށް ހަރުކުރުމަށް މުއްދަތެއް ކަނޑައަޅާފައިވާ ބީލަމަކަށް ވާތީ، މި ބީލަމުގައި ޕޮއިންޓް ދިނުމުގައި މުއްދަތަކަށް ޕޮއިންޓެއް ނުދޭނެއެވެ. އައިޓަމް ޑެލިވަރކޮށް ހަރުކުރުމަށް އެންމެ ގިނަވެގެން ދެވޭނެ މުއްދަތު ނަންބަރު 05 ގައި ބަޔާންކޮށްފައިއެވަނީއެވެ.
  5. އައިޓަމްތައް ޑެލިވަރކޮށް ހަރުކުރުމަށްް ދެވޭނެ އެންމެ ދިގު މުއްދަތަކީ ބީލަން އެވޯޑް ކުރާ ދުވަހުން ފެށިގެން 15 ދުވަހެވެ. މި މުއްދަތު އިތުރު ނުކުރެވޭނެއެވެ. 15 ދުވަސް ގުނާނީ ހުކުރުދުވަހާއި އަދި ބަންދު ދުވަސްތައްވެސް ހިމަނައިގެންނެވެ.
  6. ހުށަހަޅާ ބީލަން/ކޯޓޭޝަންގެ ވެލިޑިޓީއަށް މަދުވެގެން 60 ދުވަސް ދޭންވާނެއެވެ.
  7. އެއަރކޮންޑިޝަން އިންސްޓޯލްކުރުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަށްބޭނުންފުޅުވާ ފަރާތްތަކުން 08 އަދި 09 މާރިޗް 2020ވަނަ ދުވަހުގެ ހެދުނު 8:30 އިން 13:30 އަށް  ސ.ހިތަދޫ ކެމްޕަސްއަށް ވަޑައިގެން ނުވަތަ މަޢުލޫމާތު ސާފުކުރެއްވުމަށް ދެވިފައިވާ ނަމްބަރަށް ގުޅުއްވުން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
  8. ބީލަން ހުށަހެޅުން އޮންނާނީ 11 މާރިޗް 2020ވާ ބުދަ ދުވަހު 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސ.ހިތަދޫ ކެމްޕަސް ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އިއުލާނު ނަންބަރު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  9. ބީލަން ހުށަހަޅުއްވަންވާނީ މި އިއުލާނާ އެޓޭޗް ކުރެވިފައިވާ އުޞޫލުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  10. މީގެ އިތުރުން ނަންބަރު 2 ގައި ބަޔާންކޮށްފައިވާ ފަދައިން ޕްރޮޕޯސަލްގައި ބަޔާންކުރަންޖެހޭ މައުލޫމާތާއި މި އިއުލާނުގައިވާ މިނިމަމް ސްޕެސިފިކޭޝަނާ ދިމާނުވާނަމަ އެފަރާތްތަކުގެ ބީލަންވެސް ބާޠިލްކުރެވޭނެއެވެ.
  11. އިސްވެދެންނެވިފައިވާ ގަޑިއަށް ބީލަން ހުށަހެޅުމަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެވާހަކަ ދަންނަވަމެވެ. ބީލަމާ ގުޅޭ އެންމެހައި ކަންކަމުގައި ޢަމަލުކުރެވޭނެ އުޞޫލު މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އެޓޭޗް ކުރެވިފައިވާ ލިޔުންތައް ފުރުމަށްފަހު ބީލަމާ އެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންޖެހޭނެއެވެ.

  

     ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް،

     ސ.ހިތަދޫ ކެމްޕަސް

     ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

     ފޯން: 6885053

     އީ-މެއިލް: [email protected]

 

 

 

 

 

 

  

05 މާރިޗް 2020

05 މާރިޗު 2020
ހޯދާ