ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޕްރޮގްރާމަރ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: 17/IUL)95-A/1/2020)

ތާރީޚް:04 މާރިޗު 2020

މަޤާމު

ކޮމްޕިއުޓަރ ޕްރޮގްރާމަރ

ރޭންކް: MS1

ކްލެސިފިކޭޝަން

ސީނިއަރ އޮފިސަރ ގްރޭޑް 1

 

މަސައްކަތްކުރަންޖެހޭ ތަން(ސެކްޝަން)

 

ދިވެހިރާއްޖޭގެ ހައިކޯޓު

އަސާސީ މުސާރަ

-/5610 ރުފިޔާ

 

މިމަޤާމަށް ލިބޭ އެލަވަންސް

 

-   ޖުޑީޝަލް އެލަވަންސް: (އަސާސީ މުސާރައިގެ %45)

-   ސަރވިސް އެލަވަންސް: 2000/- ރުފިޔާ

-   ލިވިންގ އެލަވަންސް: -/2850 ރުފިޔާ

-   ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު

 

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 

އެހެނިހެން ޝަރުތު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު) 2011ގެ 70 ވަނަ މާއްދާގެ ) ހ ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މި ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

   މަޤާމުގެ މަސްއޫލިއްޔަތުތައް

  1. ކޯޓުގެ ތަފާތު މަސައްކަތަކާއި މުޢާމަލާތްތައް ކަރުދާހާ ނުލާ ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ހަދައި އިންޓްރާރނެޓް ގާއިމްކޮށް ބެލެހެއްޓުން
  2. ކޯޓުގައި ބޭނުންކުރާ އެކި ސްފްޓްވެއަރތައް ބެލެހެއްޓުމާއި ދިމާވާ މައްސަލަތައް ހައްލުކުރުން
  3. ކޯޓުގެ ކޮމްޕިއުޓަރތަކާއި އެއާގުޅޭ އެންމެހައިތަކެތި މަރާމާތުކޮށް ބެލެހެއްޓުން.
  4. ކޯޓުގެ މައްސަލަތަކުގެ ތާވަލުތަކާއި ކޯޓުގެ ނިންމުންތައް ވެބްސައިޓްގައި ޝާޢިއުކުރުމުގައާއި އަދި ކޯޓުގެ ޚަބަރުތައް ވެބްސައިޓުގައި އަޕްލޯޑް ކުރުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  5. ކޯޓުގެވެބްސައިޓް ފަރުމާކޮށް ޒަމާނާ އެއްގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ބެލެހެއްޓުން
  6. ކޯޓުގެ އިންފޮމޭޝަން ޓެކްނޮލޮޖީ އިންފްރާސްޓްރަކްޗަރ ބެލެހެއްޓުން
  7. ކޯޓުގައި ބޭނުންކުރާ ސިސްޓަމްތަކާއި، ސާރވަރ އަދި މެޝިނަރީއާއި އިކުއިޕްމަންޓްތަކަށް ދުވަހުންދުވަހަށް ދިމާވާ މައްސަލަތައް ބަލައި ޙައްލުކުރުން
  8. ކޮމްޕިއުޓަރ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުން
  9. ކޯޓުގެ އީ-ނޯޓިސްބޯޑު ގާއިމްކޮށް ބެލެހެއްޓުން

10.އިންފޮމޭޝާން ޓެކްނޮލޮޖީއާ ގުޅޭގޮތުން ބޭނުންކުރާ އެކި އެކި އިކުއޮޕްމެންޓްގެ ރަޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުން

11.ކޯޓުގެ ނެޓްވޯރކް ސެކިއުރިޓީއާ އިންޓަރނެޓް ސެކިއުރިޓީ އަދި ޖުމްލަކޮށް ކޯޓުގެ އައިޓީ ސެކިއުރިޓީ ބެލެހެއްޓުން

12.ކޯޓުގެ މަސައްކަތަށް ބޭނުންވާ އިންފޮމޭޝަން ޓެކްނޮލޮޖީ އިކުއިޕްމެންޓާއި ސްފްޓްވެއަރތަކުގެ ސްޑޭންޑެޑްތަކާއި ބޭނުންވާ މިންވަރު ކަނޑައަޅާ ކޯޓުން ނިންމާ ގޮތެއްގެ މަތިން އެކަން ތަންފީޒުކުރުން

13. އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ ތަމްރީންތައް މުވައްޒަފުންނަށް ދިނުން.

 

ތަޢުލީމީ ރޮނގު

އިންފޮމޭޝަން ޓެކްނޮލޮޖީ / ސޮފްޓްވެއަރ ޑިވްލޮޕްމަންޓް

ގުޅޭ ވަޒީފާގެ ދާއިރާތައް

އިންފޮމޭޝަން ޓެކްނޮލޮޖީ / ސޮފްޓްވެއަރ ޑިވްލޮޕްމަންޓް

ހުށަހަޅަންޖެހޭ ތަކެތި

  1. ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް
  2. ކުރިމަތިލާ ފަރާތުގެ ވަނަވަރު) ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް އަދި ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާއި އެވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް(
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް، ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  5. ކުރުމުއްދަތުގެ ޓްރެއިނިންތަކާއި ކޯސްތައް ހަދާފައިވާނަމަ ސެޓްފިކެޓް ކޮޕީ(އަސްލާ އެއްގޮތްކަމަށް، ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  6. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން  ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން (އަސްލާ އެއްގޮތްކަމަށް، ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  7. މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ  ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. (އަސްލާ އެއްގޮތްކަމަށް، ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
  8. އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް، ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

 

ސުންގަޑި

16 މާރޗް 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން ދިވެހިރާއްޖޭގެ ހައިކޯޓް (ތީމުގެ، އާބުރުޒުހިނގުން) އަށް ހުށަހަޅަންވާނެއެވެ.

 

 

 

އިތުރު މަޢުލޫމާތު

  • މިމަޤާމުގެ އިންޓަރވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
  • ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާރކްސް ލިބޭ 20 ފަރާތެވެ.

މި މަޤާމަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހުންނަށް އިސްކަން ދެވޭނެއެވެ.

ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މީގެ އިތުރުން ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. ނަންބަރު 3325029 އިން އިތުރު މަޢުލޫމާތު ލިބޭނެއެވެ.

 

     

 

04 މާރިޗު 2020
ހޯދާ