ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
އިލެކްޓްރިޝަން އެއް ހޯދަން

 

 

 

 

                                                                ނަންބަރު: GMIZL-HR/IUL/20/06

ވަޒީފާގެ ފުރުޞަތު

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ތިރީގައި މި ދަންނަވާ މަގާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއްޖެއެވެ.

  1.    މަގާމު: އިލެކްޓްރިޝަން

 

ބޭނުންވާ އަދަދު: 1

މަސްއޫލިއްޔަތު:

  • ޕްރޮޖެކްޓް ސައިޓްގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރުން
  • ޕްރޮޖެކްޓް ސައިޓްގައި ކުރާ މަގުގެ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެމަތިން ކުރުން
  • ސުޕަވައިޒަރުގެ ލަފާގެމަތިން ޕްރޮޖެކްޓް ސައިޓްގައި ކުރާ އެންމެހައި އިލެކްޓްރިކަލް ވަޔަރިންގްގެ މަސައްކަތްތައް ކުރުން
  • މަސައްކަތް ފެށުމުގެ ކުރިން މަސައްކަތަށް ތައްޔާރުކުރުމުގެ ގޮތުން، ބޭނުންވާ ތަކެތި ހަމައަށް ހުރިތޯ ބަލާ ޗެކްކުރުމަށްފަހު ސުޕަވައިޒަރަށް އަންގާ، ތަކެތި ހަމަކުރުން
  • ޕްރޮޖެކްޓް ސައިޓްގައި ބޭނުންކުރާ އިކްއިޕްމަންޓާއި މެޝިންތައް ފަރުވާތެރިކަމާއިއެކު ރަނގަޅަށް ބެލެހެއްޓުން.

ޝަރުތު:

  • މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ.އޯ ލެވެލް ފެންވަރުހުރުން ނުވަތަ ގްރޭޑް 8 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
  • މަސައްކަތުގެ މާހައުލުގައި ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.
  • ތިލަފުށި އަދި ގުޅީފަޅުގައި މަސައްކަތް ކުރުމަށް އުޒުރުވެރިވާ ފަރާތަކަށް ނުވުން.

މުސާރަ:

  • ތަޖުރިބާ އަދި ކޮލިފިކޭޝަނަށް ބެލުމަށްފަހު ދެފަރާތުން އެއްބަސްވާ މުސާރައެއް ކަނޑައެޅޭނެއެވެ.

 

    މި މަޤާމްތަކަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 މާޗް 2020 ގެ 15:00 ގެ ކުރިން ތިރީގައިވާ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

  • ވަޒީފާއަށް އެދޭ ފޯރމް (ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ވެބްސައިޓްއިން އަދި ހެޑް އޮފީހުން ލިބެން ހުންނާނެއެވެ )
  • ސީ.ވީ.
  • ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ޕާސްޕޯރޓް ސައިޒް ފޮޓޯއެއް.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  • ޕޮލިސް ސަރޓިފިކަޓް

 

މަތީގައި ބަޔާން ކުރެވިފައިވާ މުވައްޒަފުން މަސައްކަތް ކުރައްވަން ޖެހޭނީ ތިލަފުށި އަދި ގުޅީފަޅުގައެވެ.

 

 

 

އެޗް.އާރް ސެކްޝަން

އެޗް.އާރް އެންޑް އެޑްމިން ޑިޕާޓްމަންޓް

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް

4 ވަނަ ފަންގިފިލާ، ފެން ބިލްޑިންގ، އަމީނީ މަގު، މާލެ، ދިވެހިރާއްޖެ

ފޯން: 3307513 ، ފެކްސް: 3307514

04 މާރިޗު 2020
ހޯދާ