މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އިސްލާމީ މަރުކަޒުގެ ވުޟޫކުރާ އިސްކުރުބަރިތަކުގައި ހަރުކުރުމަށް 250 ފެން އިސްކުރު ސަޕްލައި ކުރުން.

އިޢުލާން

އިސްލާމީ މަރުކަޒުގެ ވުޟޫކުރާ އިސްކުރުބަރިތަކުގައި ހަރުކުރުމަށް 250 ފެން އިސްކުރު ސަޕްލައި ކުރުން.

މި މިނިސްޓްރީންދޭ މަޢުލޫމާތާއި އެއްގޮތަށް އިސްލާމީ މަރުކަޒުގެ ވުޟޫކުރާ އިސްކުރު ބަރިތަކުގައި ހަރުކުރުމަށް 250 ފެން އިސްކުރު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީއަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ޕްރީބިޑް މީޓިންގައި ޙަވާލުކުރެވޭނެއެވެ. އޭގެ ފަހުން މަޢުލޫމާތު ކަރުދާސް ލިބިގަތުމަކީ ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފަރާތުގެ ޒިންމާއެކެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

04 މާރިޗު 2020 އިން

08 މާރިޗު 2020 ގެ 13:00 ގެ ނިޔަލަށް

ޕްރީ ބިޑްމީޓިން

މިނިސްޓްރީގެ މީޓިންގރޫމް 1

09 މާރިޗު 2020 ގެ 14:00 ގައި

އަންދާސީ ހިސާބު ހުށަހެޅުން

މިނިސްޓްރީގެ މީޓިންގރޫމް 1

12 މާރިޗު 2020 ގެ 11:30 ގައި

 

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރުން އޮންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 09:00 ން މެންދުރުފަހު 13:00 އަށް މިނިސްޓްރީގެ ރިސެޕްޝަނުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ޕްރީ ބިޑް މީޓިންގއަށް ހާޒިރުވުމާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ([email protected]) އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020261، 3030286، 3020212 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                                                   08 ރަޖަބް 1441

03 މާރިޗު 2020
ހޯދާ