ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
ޑިރެކްޓަރ، ޕްރޮގްރާމްސް، ރިސާރޗް އެންޑް އެޑްވޮކަސީ

މަގާމު

ޑިރެކްޓަރ، ޕްރޮގްރާމްސް، ރިސާރޗް އެންޑް އެޑްވޮކަސީ  

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ

ރޭންކް: އީ.އެކްސް 1

ގްރޭޑް: 01

މުސާރަ

މަހަކު 8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު 4000 ރުފިޔާ

އެހެނިހެން

މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 ދެވޭނެއެވެ. ރިސްކް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ހާޒިރުވާ ދުވަހަކަށް -/50ރ ދެވޭނެއެވެ. މީގެ އިތުރުން އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާއާއި ފޯން އެލަވަންސް ދިނުމަށް ކަނޑައަޅާފައިވާ އުސޫލުން ފޯނު އެލަވަންސް ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭތަން

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ

ތޢުލީމާއި ތަޖުރިބާ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

 

 1. ސޯޝަލް ސައެންސްގެ ދާއިރާއިން ދަށްވެގެން މާސްޓަރސް ޑިގްރީ ހާސިލް ކޮށްފައިވުމާއެކު އިޖްތިމާޢީ މަސައްކަތުގެ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ؛
 2. ސޯޝަލް ސައެންސްގެ ދާއިރާއިން ދަށްވެގެން ބެޗެލަރސް ޑިގްރީ ހާސިލް ކޮށްފައިވުމާއެކު އިޖްތިމާޢީ މަސައްކަތުގެ ދާއިރާއިން 5 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ (މިގެ ތެރެއިން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ އަކީ ހިންގުމުގެ ތަޖުރިބާ ކަމުގައިވުން) ލިބިފައިވުން.
 3. މަސައްކަތުގެ ދާއިރާގައި ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ތަޖުރިބާ ހުރި އަދި އަތޮޅުތަކަށް ދަތުރުފަތުރުކުރުމަށް އުޒުރުވެރިނުވާ ފަރާތްތަކަށް   ވާންވާނެއެވެ.

(ނޯޓް: މި މަގާމަށް މީހަކު ހޮވުމުގައި ސޯސަލް ސައެންސްގެ ދާއިރާކަމަށް ބަލާނީ ސޯޝަލޮޖީ، ސައިކޮލޮޖީ، ސޯޝަލް ޕޮލިސީ، ޕޮލިސީ ސްޓަޑީޒް، ހިއުމަން ރައިޓްސް އަދި ސޯޝަލް ވަރކްއަށެވެ).

 

 • އޮތޯރިޓީގެ ޕްރޮގްރާމްސް، ރިސާރޗް އެންޑް އެޑްވޮކަސީ ޑިޕާރޓްމަންޓްގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ފަންނީ މަސައްކަތްތައް އޮތޯރިޓީގެ ބޯޑު އަދި ސީ.އީ.އޯގެ އިރުޝާދާ އެއްގޮތަށް ކުރުން. އަދި، މި ޑިޕާރޓްމަންޓުގެ މަސައްކަތްތައް ހަރުދަނާ ކުރާނެ ގޮތުގެ ފަންނީ ލަފައާ އިރުޝާދު ބޯޑު އަދި ސީ.އީ.އޯ އަށް ދިނުން.
 • ގެވެށި އަނިޔާ ހުއްޓުވުމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތަކާއި، އުސޫލުތަކާއި މިންގަނޑުތައް އަދި ޕްރޮގްރާމްތައް އޮތޯރިޓީގެ ބޯޑު އަދި ސީ.އީ.އޯގެ ލަފައާ އިރުޝާދާއެކު އެކުލަވާލައި އެއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމަށް ކުރަންޖެހޭ އެންމެހާ ފަންނީ މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން.
 • އޮތޯރިޓީން ކުރިއަށް ގެންދާ ތަމްރީނު އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ރާވައި ހިންގާ ބެލެހެއްޓުން.
 • އޮތޯރިޓީން ބައިވެރިވާ އެކިއެކި ޓްރޭނިންގ އަދި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކުގައި އޮތޯރިޓީގެ ފަރާތުން ސެޝަންތައް ނަގައިދިނުން.
 • ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ އެހެނިހެން އަމިއްލަ ޖަމާޢަތްތަކާއި ސަރުކާރުގެ މުއައްސަސާތަކާއެކު މަސައްކަތްކުރުން.
 • ގެވެށި އަނިޔާގެ މައްސަލަތަކާ ގުޅޭގޮތުން ގުޅުންހުރި މުއައްސަސާތަކަށް ހުށަހެޅިފައިވާ ތަފާސް ހިސާބުތައް އެއްކުރުމާއި، ގެވެށި އަނިޔާގެ ހާލަތު ދެނެގަތުމަށް އޮތޯރިޓީން  ކުރަންޖެހޭ  ދިރާސާތައްކުރުމާއި، މި ދިރާސާތަކުގެ ހޯދުންތަކަށް ބަލައި އޮތޯރިޓީން ހިންގާނޭ ޕްރޮގްރާމްތައް ކަނޑަޅައި، ރާވައި ހިންގުން.
 • ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު އަދި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤައުމީ ސިޔާސަތު ތަންފީޒްކުރެވޭ މިންވަރު ދެނެގަނެ މޮނިޓަކުރުން.
 • ޤާނޫނު ނަމްބަރު 2012/3 އަށް އަހުލުވެރިވެ، އަދި ގުޅުންހުރި ޤާނޫނުތަކަށް އަންނަ ބަދަލުތައް ދެނެގަތުން.
 • ޑިޕާރޓްމަންޓުގެ އިތުރުން ވެސް، އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތައްކުރުން.
 • އޮތޯރިޓީގެ އަހަރީ ރިޕޯޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު އެއްކޮށް ހިއްސާކޮށް އަހަރީ ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
 • މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތް ކުރުން.

މިމަޤާމަށް ޝައުޤު ވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

 

1-      މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު. 

2-      ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުންތައް.

3-      ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4-      ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ).

5-      ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް).

އިތުރު މަޢުލޫމާތު:

1-      މި މަގާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

2-      މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ޙާޟިރީއާއި މަސައްކަތުގެ ފެންވަރަށްބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.

3-      މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލްކަމަށް ބަލާ ކުރެވޭ އިންޓަވިއު އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރެކޯޑެއް ނުވާނަމައެވެ.

4-      އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.

 

 

މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމް ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 12 މާރިޗު 2020 ވަނަދަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް (ހ.މައިޒާންދޮށުގެ 2 ވަނަ ފަންގިފިލާ، ސޯސަންމަގު) ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް: - ވަޒީފާއަށް އެދޭފޯމް ޑައުންލޯޑްކުރުން http://fpa.gov.mv/uploads/downloads/FPA-Job-Application-latest.pdf

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv

ފޭސްބުކް: www.facebook.com/fpa.maldives

03 މާރިޗު 2020
ހޯދާ