ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފާދިއްޕޮޅު ނައިފަރު ކައުންސިލުން އެކިކަންކަމުގައި ގާނޫނީ ލަފާ ދޭނެ ފަރާތެއް ހޯދުން

ނައިފަރު ކައުންސިލްގެ މައްޗަށް ޝަރުޢީ ކޯޓްތަކުގައި ކުރާ ދަޢުވާތަކާއި، ނައިފަރު ކައުންސިލުން އެކި ފަރާތްތަކުގެ މައްޗަށް އުފުލާ ދަޢުވާތަކުގައި ޤާނޫނީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް، ކައުންސިލުން ކަނޑައަޅާ އުޞޫލުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދީ ޤާނޫނީ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތުގެ މަތިން ކައުންސިލްގެ އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

-          އަގު ހުށަހަޅާ ފޯމު ވިއްކާނީ 03 މާރޗް 2020 ދުވަހުން ފެށިގެން 17 މާރޗް 2020 ދުވަހުގެ 12:00 އަށް ނައިފަރު ކައުންސިލްގެ އިދާރާއިން، ފޯމެއް -/50 (ފަންސާސް) ރުފިޔާ އަށެވެ.

-         އަގުހުށަހެޅުން 17 މާރޗް 2020 ވަނަ ދުވަހު 13:00 ގައި ނައިފަރު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

ޤާނޫނީ ލަފާ ބޭނުންވާ ދާއިރާތަކާއި ކަންކަން

  • ނައިފަރު ކައުންސިލުން އެހެނިހެން ފަރާތްތަކާއި ވަކިވަކި ފަރުދުންގެ މައްޗަށް އުފުލާ ދަޢުވާތަކުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ބަޔާންތަކާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުން ކައުންސިލުން ފޯރުކޮށްދިނުމުން، އެފަދަ ލިޔުންތައް ދިރާސާކޮށް ޤާނޫނީގޮތުން ކައުންސިލަށް ދޭންޖެހޭ ލަފާ ހޯދުމަށް
  • އެހެނިހެން ފަރާތްތަކާއި ވަކިވަކި ފަރުދުން ނައިފަރު ކައުންސިލްގެ މައްޗަށް އުފުލާ ދަޢުވާތަކުގައި ތައްޔާރުކުރަންޖެހޭ ޤާނޫނީ ބަޔާންތަކާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުން ކައުންސިލުން ފޯރުކޮށްދިނުމުން، އެފަދަ ލިޔުންތައް ދިރާސާކޮށް ޤާނޫނީގޮތުން ކައުންސިލަށް ދޭންޖެހޭ ލަފާ ހޯދުމަށް
  • ކައުންސިލާއި ގުޅޭ އެކިއެކި މައްސަލަތަކުގައި އެކިއެކި އިދާރާތަކާއި، ވުޒާރާތަކާއި، މިނިވަން މުއައްސަސާތަކުން ކައުންސިލްގެ މައްޗަށް ޖަވާބްދާރީވުމަށް އަންގާ ކަންކަމަށް ބޭނުންވާ ޤާނޫނީ ލަފާ ހޯދުމަށް
  • ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓްތަކުގައި ހިނގަމުން އަންނަ މައްސަލަތަކާއި ގުޅިގެން ކޯޓްތަކުން އަންނަ ކޯޓް ޢަމުރުތަކަށް ކޯޓަށް ޙާޟިރުވުމާއި، މައްސަލައާއި ގުޅޭ ބަޔާން ތައްޔާރުކުރުމަށް އެހީތެރިވެދިނުމަށް

މިކަންކަމާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6620068 އަދި 9991199 މިނަންބަރު ތަކާއި ގުޅުންވުން އެދެމެވެ.

03 މާރިޗު 2020
ހޯދާ