މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މަސްވެރިކަމުގެ ދާޢިރާގެ ތަމްރީން ޕްރޮގްރާމް

ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް

ދިވެހި ރާއްޖޭގޭ މަސްވެރިކަމުގެ ސިނާޢަތުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ ސަރަޙައްދުގެ މުއްސަދިކަމުން މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ ފުރުޟަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ދިވެހި ޒުވާނުންނަށް އަމާޒުކޮށް ލޭނު މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމް ކުރިއަށްދާނީ ތިއަރީ ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެންނެވެ. ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނީ މިމިނިސްޓްރީއިން ލޭނު އެޅުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދުގައެވެ. މިތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖްރިބާ ފޯރުކޮށްދީ ރާއްޖޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ކުރެވޭ ލޭނު މަސްވެރިކަމަށް ދިވެހި ޒުވާން މަސްވެރިންނަށް ފުރުޞަތު ހޯދައި ދިނުމެވެ އަދި ލޭނު އެޅުމަށް ބޭނުން ކުރާ އާލާތްތަކަށާއި އަހުލުވެރިކޮށް ލޭނު މަސްވެރިކަމަށް އަހުލުވެރިކުރުވުމެވެ.

ތަމްރީނު އަމާޒް ކުރާ ފަރާތް:

  • ލޭނުމަސްވެރިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތައް

ޝަރުތު :

  • މަސްވެރިކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ ފަރާތެއް ކަމުގައިވުން ނުވަތަ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތެއް ކަމުގައިވުން.
  • އުމުރުން 18 އަހަރުވެފައިވުން. (16 - 18 އަހަރުގެ ކުދިން ބެލެނިވެރިންގެ ހުއްދައާއިއެކު).

ހުށަހަޅަންޖެހޭ ތަކެތި :

  • ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށްއެދި ނަން ހުށަހަޅާ ފޮނުވާ ސިޓީ. މިސިޓީގައި، މިހާރު މަސްވެރިކަމުގައި ހަރަކާތްތެރިވާނަމަ އުޅަނދެއްގެ ނަމާއި، ރަޖިސްޓްރީ ނަންބަރާއި، އުޅަނދުގެ ކެޔޮޅާއި ގުޅޭ ފޯން ނަންބަރ އަދި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތުގެ ފޯން ނަންބަރު ހިމަނަންވާނެއެވެ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑުގެ ކޮޕީ.
  • 18 އަހަރުންދަށުގެ ކުދިން މިކަމުގައި ބައިވެރިވުމަށް ބެލެނިވެރިން އިއުތިރާޒް ނުކުރާ ކަމުގެ ލިޔުން.

ސުންގަޑި: 02 އޭޕްރިލް 2020 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ. ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ފޮނުވާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށް އަދި ކައުންސިލް އިދާރާތަކަށެވެ.

ސިޓީ އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] ، [email protected]   އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ނަންބަރު 3339276 / 3339213 ފޯނާ ގުޅުއްވުން އެދެމެވެ.

02 މާރިޗު 2020
ހޯދާ