ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ގުޅޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތައްރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބް 2020

ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ގުޅޭ

04 އެޕްރީލް 2020 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބުކުރުން 04 މާރިޗު 2020 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލް އިދާރާގައި ކުރިޔަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިޔަށް ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ތަނަށް (ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާއަށް) ވަޑައިގެންދެއްވުން އެދެމެވެ. ކެންޑިޑޭޓަށް ގަޑިޔަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެން ދެއްވުން އެދެމެވެ.

ރައްޔިތުންގެ ތެރެއިން މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވެލައްވާ  ފަރާތްތަކަށް ޖާގައޮތް މިންވަރަކުން ބައިވެރިވެ ވަޑައިގެންނެވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

02 މާރިޗު 2020
ހޯދާ