މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ، އަށް ކޮމްޕިޔުޓަރ ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރ (IUL)218/1/2020/5 (27 ފެބުރުވަރީ 2020) ގެ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީވެ އެއިޢުލާން ބާޠިލުކޮށް އަލުން އިއުލާން ކުރަމެވެ.

 

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އަށް ކޮމްޕިޔުޓަރ ސާމާނު ހޯދުމަށް ބޭނުންވާތީ މި އޮތޯރިޓީން ދޭ ސްޕެސިފިކޭޝަން އާ އެއްގޮތަށް މި ސާމާނު ހޯދާދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ވެލާނާގޭ 02 ވަނަފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (ވެލާނާގޭ 02 ވަނަފަންގިފިލާ) އަށް ވަޑައިގެންދެއްވުން އެދެމެވެ.

 

 

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

2020 މާރިޗު 05 ވަނަ ދުވަހުގެ 10:00 ށް

2020 މާރިޗް 16 ވަނަ ދުވަހުގެ 10:00 ށް

 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3026667, 3026654  ނަމްބަރު ފޯނާއެވެ.

07 ރަޖަބު 1421

02 މާރިޗު 2020
ހޯދާ