ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރު ސަރަޙައްދުން ކުލީބިން ދޫކުރުން

ކުޑަހުވަދޫ ބަނދަރު ސަރަޙައްދުން ކުލީބިމުގެ ގޮތުގައި 9 ބިން ދޫކުރުން

ކުޑަހުވަދޫ ބަނދަރުސަރަހައްދުން، އާއްމު ވިޔަފާރިކުރުމަށް 9 ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމައި، ކުލީބިމަށް އެދޭ ފަރާތްތަކުން ބިމަށްއެދި ހުށައެޅުމަށް އާއްމުކޮށް ފުރުސަތު ހުޅުވާލަމެވެ.

އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ.

1-     ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 މާރިޗް 03 ވަނަދުވަހުން ފެށިގެން 2020 މާރިޗް 15 ވަނަ ދުވަހަށް މިއިދާރާއަށް ދުރުވެ ބިޑްފޮތް ބައްލަވައި ގެންނެވުން އެދެމެވެ. ފޮތް ލިބިވަޑައިގަންނަވާނީ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 ން މެންދުރު 12:00 އާއި ދެމެދުގައެވެ.

2-     ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތެއްގެ ނަމުގައި ބިޑް ހުށައެއް ނޭޅޭނެއެވެ.

3-     ބިޑްފޮތެއްގެ އަގަކީ -/300ރ އެވެ.

4-     ޕްރީބިޑް މީޓިން އޮންނާނީ 2020 މާރިޗް 19 ވަނަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ މަލްޓިޕާޕާސް ޢިމާރާތުގައެވެ. (ޕްރީބިޑް މީޓިންގ އަކީ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބޭނުންވާ އިތުރު މަޢުލޫމާތު ޙިއްސާކުރެވޭނެ މީޓިންގ އަކަށްވާތީ، އެންމެހާ ބޭފުޅުން ވަޑައިގެން ދެއްވުމަކީ އެދެވިގެންވާކަމެކެވެ. ޕްރީބިޑް މީޓިންގ އަށްފަހު އެއްވެސް ފަރާތަކަށް ވަކިން މަޢުލޫމާތުދިނުމަށް ހަމަޖެހިފައެއްނުވެއެވެ.)

5-    ބިޑް ހުށަހެޅުން އޮންނާނީ 2020 މާރޗް 29 ވަނަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ މަލްޓިޕާޕާސް ޢިމާރާތުގައެވެ. ބިޑް ހުށައަޅާނީ ގަޑިއަށް ވަޑައިގަންނަވާ އެންމެހާ ފަރާތްތަކުގެ ހާޒިރުގައެވެ.

6-     ބިޑް ހުށައެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތުގެ/ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ.

01 މާރިޗު 2020
ހޯދާ