މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ޝާއިޢު ކުރަމުން އަންނަ "އިންވެސްޓް މޯލްޑިވްސް" މެގަޒިންގެ 2020 ވަނަ އަހަރުގެ އެޑިޝަން ތައްޔާރުކުރުމަށް ކްރިއެޓިވް ފާރމް ހޯދުމަށް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ޝާއިޢު ކުރަމުން އަންނަ "އިންވެސްޓް މޯލްޑިވްސް" މެގަޒިންގެ 2020 ވަނަ އަހަރުގެ އެޑިޝަން ތައްޔާރުކުރުމަށް ކްރިއެޓިވް ފާރމް ހޯދުމަށް އާއްމުކޮށް އިޢުލާން ކުރަމެވެ. މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސެޝަން އަށް 10 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 11.00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިމާރާތުގެ 1 ވަނަ ފަންގިފިލާގައެވެ.

 

ބީލަން ހުށަހަޅުއްވާނީ 18 މާރިޗު 2020 ވާ ބުދަ ދުވަހުގެ މެންދުރު 12.00 އަށް، ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ މިމިނިސްޓްރީގެ މައި އިދާރާ  އަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ 3333159  ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

 

މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ޕްރޮޕޯސަލް ހުށަޅާނީ:

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ބޮޑުތަކުރުފާނު މަގު

ފޯނު: 3333159 (960)+                           

 

 

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

ހުށަހަޅަންޖެހޭ ތަކެތި/ލިޔުން.

 

  1. ފުރިހަމަކޮށް ސޮއިކޮށްފައިވާ ބީލަން ހުށަހަޅާފޯމް
  2. އެސްޓިމޭޓް/ ކޯޓޭޝަން
  3. ޕްރޮފައިލް
  4. ތަޖުރިބާ ބަޔާންކުރާ ލިޔުން
  5. ކުންފުނި ނުވަތަ ވިޔަފާރީގެ ރަޖިސްޓްރޭޝަން ކޮޕީ
  6. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ކޮޕީ
  7. އެސް އެމް އީ ރަޖިސްޓްރޭޝަން ކޮޕީ
01 މާރިޗު 2020
ހޯދާ