ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
5 ގަސް ބަބުކެޔޮ ކުއްޔަށް ދިނުމާއި ގުޅޭ

އެލިއާ އަވަށު ކިލެގެފާނުމަގުގެ އުތުރުން، އެދުރުކަލޭފާނުމަގުގެ އިރުމަތީގައިވާ (50/A,B) ހުސްބިމިގައި ހުރި ރައްޔިތުންގެ 05 ގަސް ބަބުކެޔޮ މީލާދީ 1 އަހަރުދުވަހުގެ މުއްދަތަށް (އެސަރަހައްދު ކޮންމެ ހަފްތާ އަކު 3 ދުވަހު ކުނިކާ ސާފުކުރުމަށް ޝަރުތުކޮށް) ކުއްޔަށް ދޫކުރުމަށް ކައުންސިލުންވަނީ ނިންމަފައެވެ.

                ދެންނެވިފައިވާ ގޮތުގެމަތިން 05 ގަސް ބަބުކެޔޮ ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 2020 މާރޗް 05 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް ކައުންސިލަށް ޙާޟިރުވެ ސިޓީއަކުން އަގު ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ އަގު އޮންނަންވާނީ ސިޓީ އުރާގައި ރަގަޅަށް ބަންދުކުރެވިފައެވެ. އަދި ސިޓީ އުރާއިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި  މި އިޢުލާން ނަންބަރު ޖެހުމަށްފަހު، " 5 ގަސް ބަބުކެޔޮ ކުއްޔަށް ހިފުމަށް އެދި" މިހެން ލިޔެފައިވާ އޮންނަންވާނެއެވެ.

ވީމާ، މިކަންއާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

01 މާރިޗު 2020
ހޯދާ