އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޑިރެކްޓަރ، ނަރސިންގ

މަޤާމް :ޑިރެކްޓަރ، ނަރސިންގ
ބޭނުންވާ އަދަދު :1

އިއުލާން

 

   މި ހޮސްޕިޓަލުގެ، ތިރީގައިމިވާ މަގާމަށް މީހަކު ބޭނުންވެއްޖެއެވެ. މިމަގާމަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލްފަރާތްތަކެވެ.

މަޤާމު

ޑިރެކްޓަރ ، ނަރސިންގ

މަޤާމުގެ ނަންބަރު

J-323367

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން

ހެލްތް ސަރވިސަސް މެނޭޖަރސް

ވަޒީފާއަދާ ކުރަންޖެހޭ ތަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ނަރސިންގ ޑިޕާޓްމަންޓް، މާލެ

މަގާމު

ސިވިލް ސަރވިސްގެ ރޭންކް

އަސާސީ ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

ޑިރެކްޓަރ

ނަރސިންގ

CS16-1

  1. 1.                   މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާގެ ހިންގުމުގެ ފަންތީގެ (ސީނިއަރ ރެޖިސްޓަރޑް ނަރސްއިން ފެށިގެން މަތި) މަގާމެއްގައި 8 އަަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާގެ ހިންގުމުގެ ފަންތީގެ (ސީނިއަރ ރެޖިސްޓަރޑް ނަރސް އިން ފެށިގެން މަތި)މަގާމެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބފައިވުން.

-/12700 ރުފިޔާ

CS16-2

ޑިރެކްޓަރ، ނަރސިންގ، ސީއެސް 16-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

-/13020 ރުފިޔާ

CS16-3

ޑިރެކްޓަރ، ނަރސިންގ، ސީއެސް 16-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތީ މާކްސް ހޯދާފައިވުން.

-/13330 ރުފިޔާ

ސަރވިސް އެލަވަންސް

 -/281 ރުފިޔާ (ކަނޑައަޅާފައިވާ ގޮތުގެ މަތިން)

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ހޮސްޕިޓަލްސްގެ މިޝަން ހާސިލްކުރުމައްޓަކައި ސްޓްރެޓެޖިކް ޕްލޭންސް ހެދުމާއި ސްޓްރެޓެޖިކް އޮބްޖެކްޓިވްސްތައް ހާސިލްކުރުމަށް  ނާރސިންގ ދާއިރާއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  2. ހޮސްޕިޓަލުގެ އެންމެހައި ހިދްމަތްތަކުގެ ފެންވަރު މަތިކޮށް ހިންގުމަށްޓަކައި މެނޭޖްމަންޓަށް ބޭނުންވާ ސަޕޯޓް ދިނުމުގެ ގޮތުން ނަރސިންގ ދާއިރާއާއިން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުން
  3. ދާއިރާއާއި ގުޅުންހުރި ޕަރފޯމަންސް އިންޑިކޭޓަރސްގެ އަލީގައި ނަރސިންގ ސަރވިސަސް ހިނގާގޮތް މޮނިޓަރ ކުރުމާއި ހޮސްޕިޓަލްސްގެ ގަވަރނިންގ ބޯޑާއި އެގްޒެކެޓިވް މެނޭޖްމަންޓުގެ ލަފަޔާއިއެކު އިވެލުއޭޝަން ޕްލޭންތައް ތައްޔާރުކުރުމާއި ތަންފީޒްކުރުމުގައި އެހީތެރިވުން.
  4. ޤާނޫނީ މިންގަށޑުތަކާއި ހަމަތަކާއި އެއްގޮތަށް ޕްރޮފެޝަނަލް ސްޓޭންޑަޑްތަކަށް އިސްކަންދީގެން ނަރސިންގ ސަރވިސަސް މެނޭޖްކުރުމުގެ މަސައްކަތްކުރުން.
  5. ނާރސިންގ ސާރވިސަސްގެ އެނުއަލް އެކްޝަން ޕްލޭންގައި ހިމެނޭ ޓާސްކްތަކަށް ރާވާ ތަންފީޒްކުރުން.
  6. ނަރސިންގ އާއި ގުޅުންހުރި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުމަށް ހުއްދަ ދިނުމުގެ ހިންގުމުގެ ޒިންމާ އަދާކުރުން.
  7. ނާރސީންގ ސާރވިސަސްއާއި ގުޅޭގޮތުން ސްޓްރެޓެޖިކް ޕްލޭންތައް ތައްޔާރުކުރުން.
  8. ނަރސިންގ ސަރވިސަސްގެ މުވައްޒަފުންގެ މެދުގައި ޓީމްވޯކް ދެމެހެއްޓުމމާއި ނަރސިންގ އެޑްމިނިސްޓްރޭޝަން ކުރިއެރުވުމަށް މަސައްކަތްތައް ރާވާ ހިންގުން.
  9. ނަރސިންގ ސަރވިސަސްގެ މުވައްޒަފުންގެ ވަޒީފާގެ މިންގަނޑުތަކާއި، މަސައްކަތުގެ ފެންވަރު ދެނެގަތުމާއި އިވެލުއޭޓް ކުރުމުގެ މަސައްކަތްތަށް ކުރުން.
  10. ނަރސިންގ ސަރވިސަސްގެ ބޭނުންތަކަށްބަަލައި މުވައްޒަފުންގެ ސްކިލް އަޕްގްރޭޑްކުރުމަށް މަސައްކަތްކުރުން.
  11. ހޮސްޕިޓަލްސްގެ ތެރޭގައި ސަރވިސް އޮރިއެންޓެޑް ސަގާފަތެއް ދެމެހެއްޓުމަށްޓަކައި މުވައްޒަފުންގެ ދެމެދުގައި އާއި ހިދްމަތްހޯދުމަށް އަންނަ ފަރާތްތަކާއި  އޮންނަންޖެހޭ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރުން.
  12. ނަރސިންގ ސަރވިސަސްގެ ޕަރފޯމަންސް ސްޓޭންޑާޑް ހިފެހެއްޓުމާއި ކުރިއެރުވުމަށްޓަކައި ނަރސިންގ ސަރވިސަސްއިން އިންޓަރނަލީ އަދި އެކްސްޓަރނަލީ ހިންގާ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން.
  13. ޑައިރެކްޓްކޮށް ރިޕޯޓްކުރާ ހުރިހާ މުވައްޒަފުންގެ އެޕްރައިސަލްތައް ކޮންމެ އަހަރަކުވެސް ގަވާއިދުން ފުރިހަމަކުރުން.
  14. ހޮސްޕިޓަލްސްގައި އަމަލުކުރަމުންދާ ފައިނޭންޝަލް އަދި އެޑްމިނިސްޓްރޭޓިވް ޕޮލިސީ އާއި ޕްރޮސީޖަރތަކާއި ގުޅުންހުރި ނާރސިންގ ރިޕޯޓްތަކާއި ޑޮކިއުމަންޓުތައް ވަގުތަށް ފުރިހަމަކޮށް ނެރުމުގައި އެހީތެރިވުން.

15.ނާރސިންގ ސާރވިސަސްގެ މަސައްކަތްތަށް ހިންގުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ނާރސިންގ އަށް ބޭނުންވާ އެހީތެރިކަން ފޯރިކޮށްދީ ދާއިރާ ކުރިއެރުވުމަށް އެކުގައި މަސައްކަތްކުރުން


 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިހޮސްޕިޓަލުގެ ވެބްސައިޓުންނާއި މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ)  މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
  4. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަަދި ލައިސަންސްގެ ކޮޕީ

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ގައުމީ ނުވަތަ ބައިނަލް އަގްވާމީ ޖަމްއިއްޔާ / ޖަމާއަތެއްގައި  ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

  ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %50 (ފަންސާސް ) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.

 

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

 

ނަރުހުންގެ ޑިރެކްޓަރސް ގްރޫޕްގެ މަގާމްތަކަށް ޕޮއިންޓްދިނުމުގައި ބަލާނެ ދާއިރާތައް

 (ސީ.އެސް 16-1 ން ސީ.އެސް 16-3 ށް )

ދާއިރާ

 

ތަފްސީލް

 

އިންސައްތަ

ތަޢުލީމާއި

 

ތަމްރީން

މަގާމާ ގުޅުންހުރި ދާއިރާތަކުން ހޯދާފައިވާ އެކްރެޑިޓެޑް ސެޓްފިކެޓް

20

ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

5

މަސައްކަތު ތަޖުރިބާ

ކުރިމަތިލާ  މަގާމާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ތަޖުރިބާ

25

ހުނަރު

ފައިނަލް އިންޓަރވިއު /ޕްރެކްޓިކަލް

 

 

50

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

 

 

ޝޯޓް ލިސްޓްކުރުން:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ  13.30 ގެ ކުރިން، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރައްވާނަމަ ކުރައްވާނީ[email protected] މެއިލަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  15 މާރިޗް 2020 އާއި 30 މާރިޗް  2020 އާއި ދެމެދު، މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

 

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓްލިބުނު ގޮތުގެ ޝީޓް (އޭ2 ފޯމް) އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (އޭ2 ފޯމް)" އާއްމުކޮށް ފެންނާނޭހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓުގައި އާއްމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ އޭ2 ފޯމް އާއްމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަން ވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335221 ނަންބަރު ފޯނަށް، ނުވަތަ 3335343 ނަންބަރު ފޯން އަށެވެ. އީ-މެއިލް ކުރާނީ  [email protected] އަށެވެ.

 

6 ރަޖަބު 1441

1 މާރިޗް 2020

01 މާރިޗު 2020
ހޯދާ