އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިދާރާ ބަދަލުވަތީ، އައު އިމާރާތުގެ އިންޓީރިއާ ޑިޒައިން ތައްޔާރު ކުރުމާއި އެ ޑިޒައިނާ އެއްގޮތަށް ތަން މަރާމާތު ކުރުން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން ހިންގަމުންދާ ހުރަވީ ބިލްޑިންގގެ މިހާރުގެ ހާލަތު ހުރި ގޮތުން އެހެން އިމާރާތަކަށް ބަދަލުވުމަށް ހަމަޖެހިފައިވާތީ، އަލަށް ބަދަލުވާ އިމާރާތުގެ އިންޓީރިއާ ޑިޒައިން ތައްޔާރުކުރުމަށާއި އެޑިޒައިނާ އެއްގޮތަށް އެތަން މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 05 މާރިޗު 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިކޮމިޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 މާރިޗު 2020 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިބިޑާ ގުޅޭ މަޢުލޫމާތު ޝީޓާއި ޓީއޯއާރް ކޮމިޝަނުގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާނެއެވެ.

06 ރަޖަބު  1441

01 މާރިޗު  2020

01 މާރިޗު 2020
ހޯދާ