ދަރުމަވަންތަ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ހެލްތް އޮފިސަރ

މަޤާމް :ސްކޫލް ހެލްތް އޮފިސަރ
ބޭނުންވާ އަދަދު :1

ދަރުމަވަންތަ ސްކޫލް

   މާލެ، ދިވެހިރާއްޖެ 

 ނަންބަރު: DS/IU/HR/2020/14

 

26 ޖަނަވަރީ 2020 ގައި ކޮށްފައިވާ ސްކޫލް ހެލްތް އޮފިސަރ އިއުލާނަށް އެއްވެސް ފަރާތަކުން

ކުރިމަތިލާފައިނުވަތީ  އެ އިއުލާން   ނަންބަރު DS/IU/HR/2020/08: 

ބާޠިލް ކޮށް އަލުން އިއުލާން ކުރަމެވެ.

 

 އިޢުލާނު

މަޤާމު:

ސްކޫލް ހެލްތް އޮފިސަރ

މަޤާމުގެ ނަންބަރ:

  J- 240345

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ 

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ދަރުމަވަންތަ ސްކޫލް ، ކ. މާލެ

މުސާރަ:

މަހަކު -/5610ރ

ސަޕޯޓިންގ ކޯ އެލަވަންސް 1:

މަހަކު -/700 ރ

ސަރވިސް އެލަވަންސް:

މަހަކު -/2500ރ

 

އިތުރު ޢިނާޔަތްތައް:

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  3. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ޞިއްޙީ ޕްރޮގްރާމްތައް ސްކޫލުގެ އިދާރާއާ ގުޅިގެން ރާވައި ހިންގުން
  • ބަލިވެގެންއަންނަ ކުދިންނަށް ސްކޫލުން ދެވެންއޮންނަ ފަރުވާއެއް ދިނުން.
  •  ބަލިވެގެން ހެލްތް ރޫމްށް އަންނަ ދަރިވަރުންނަށް އެހީތެރިވުން އަދި އެކުދިންގެ މަޢުލޫމާތު ބެލެނެވެރިންނަށް އެންގުމާއި ގެޔަށް ފޮނުވަންޖެހޭ ކުދިންގެ މައުލޫމާތު ރިކޯޑް ކުރުމަށްފަހު އެކުދިން ގެއަށް ފޮނުވުން
  •   އަލަށް ސްކޫލަށް ވަންނަ ކުދިންގެ ހެލްތު ރިކޯޑް ބެލެހެއްޓުން.
  • ފާއިތުވާ އަހަރު ސްކޫލުގައި ހެލްތު ޕްރޮގްރާމް ހިނގިގޮތުގެ ރިޕޯޓް މިނިސްޓްރީއަށް ފޮނުވުން
  • ސްކޫލްގައި ހިންގޭ ތަފާތު ހަރަކާތްތަކުގައި ދަރިވަރުންނަށް އެހީތެރިވެ ފަސްޓް އެއިޑްގެ ޚިދުމަތް ލިބެންޖެހޭ ދަރިވަރުންނަށް އެ ޚިދުމަތް ދިނުން.
  • ގްރޭޑް 1 ކަށް ވަންނަ ކުދިންގެ ޙެލްތް ޗެކަޕް ހެދުން.
  •  ސްކޫލްގެ ހަރަކާތެއްގައި ދަރިވަރަކު އުޅެނިކޮށް ދިމާވާކަމަކުން ހޮސްޕިޓަލަށް ގެންދަން ޖެހިއްޖެނަމަ އެކަން ސްކޫލުގެ އިދާރާއާއި ގެޅިގެން ހަމަޖެއްސުން.
  • ސްކޫލުގެ ގޯތިތެރޭގައި މަދިރިއުފެދިފައި ހުންނަތައްތަށް ބަލާޗެކުކުރުން.
  • ސްކޫލްގެ ކެންޓީނުބަލާ ޗެކުކުރުން.
  •   ސިއްހީ މައުލޫމާތު ކުދިނަނަށް ދިނުން.
  • ސްކޫލްގެ ދަރިވަރުންގެ އެކިއެކި މައިދާނީ ދަތުރުތަކުގައި  ކުދިންނާއެކު ދާންޖެހޭ ރައްރަށަށް ދިޔުން.
  • ޓާމަކު އެއްފަހަރު ކުދިންގެ އިސްކޮޅާއި ބަރުދަން ބަލާ ރިކޯޑްތައް ބެލެހެއްޓުން
  • ފަނީބޭސް، ވިޓަމިން ކުދިންނަށް ދިނުން.
  • ހެލްތުރޫމަށް ބޭނުންވާ ތަކެތި ބަޖެޓް ސެކްޝަނާ ގުޅިގެން ހޯދުން އަދި ހެލްތު ރޫމް ބަލަހައްޓައި އެތަނުން ލިބެންވާ ފަސްޓް އެއިޑް ދަރިވަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
  • ހެލްތު ރޫމް ގައި ބޭނުން ކުރެވޭ ބޭސްފަދަ ތަކެތި މުއްދަތު ހަމަވޭތޯ ބަލާ ޗެކް ކުރުން.
  • ދުވާލަކު މަދުވެގެން އެއްފަހަރު ސްކޫލުގެ ހުރިހާ ފަޚާނާތަކެއް ބަލާޗެކުކޮށް މަސައްކަތު މީހުން ލައްވައި ސާފްކުރުން އަދި  ހެލްތު ރޫމްގައި ބޭނުންކުރާ ތަކެތި އަބަދުވެސް ސާފްތާހިރުކޮށް ބެހެއްޓުން

 

މަޤާމުގެ ޝަރުޠުތައް   

 

 

މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ތައުލީމީ ރޮނގުތައް:

  • ކޮމިއުނިޓީ ހެލްތު
  • ނާސިންގ
  • ޕްރައިމަރީ ހެލްތުކެއަރ
  • ޕަބްލިކް ހެލްތު

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ހެލްތު ސާވިސަސް

 

ހުށަހަޅަންޖެހޭ ލިޔުންތައް : 

 

 

 

  1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން   www.csc.gov.mvއަދި މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮއްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  1. ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފެރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް. ( އިންޓަރވިއު ކޮށްގެން)  

މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  10 މާރިޗު 2020 ގެ 13:00 ގެ ކުރިން، ދަރުމަވަންތަ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯރމް އޮފީހަށް ލިބުނުތޯ ޔަޤީން ކުރުމަކީ އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.) އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 11 މާރިޗު  2020 އާއި 19 މާރިޗު   2020  އާ ދެމެދު،ދަރުމަވަންތަ ސްކޫލް ގައެވެ.

ޝޯޓް ލިސްޓްކުރުން:        

 

މި ވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން  އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3324495 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރާނީ [email protected] އަށެވެ.

 

06 ރަޖަބު 1441

01 މާރިޗު 2020

 

01 މާރިޗު 2020
ހޯދާ