ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް މަޤާމަށް މުވައްޒަފުން ހޯދުމަށް.

މަޤާމު

ރިސެޕްޝަނިސްޓް

މަޤާމުގެ ނަންބަރު

J-310926

ބޭނުންވާ އަދަދު

01 (އެކެއް) – އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

ކޯޕަރޭޓް ސަރވިސް ޑިވިޝަން

ޔުނިޓް

ޕަބްލިކް ރިލޭޝަން ޔުނިޓް

މަޤާމު އޮތް އޮފީސް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

ސަޕޯޓިންގ ކޯ އެލަވަންސް 2

700/- ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.
  4. ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް.

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. އެޕޮއިންޓްމެންޓް ހެއްދުމަށް ގުޅުއްވަފަރާތްތަކަށް އިޙުތިރާމާއިއެކު ޖަވާބުދަރިވުމާއި، އަންނަ ކޯލްތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓްގެ އެންމެހައިކަންތައް ހަމަޖެއްސުން.  އަދި އެފަރާތްތަކަށް ކަމާއި ގުޅޭ ހުރިހާމަޢުލޫމަތު ފޯރުކޮށްދިނުން.
  2. އެޕޮއިންޓްމެންޓް ހައްދާފައިވާ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީކޮށް ކަޑައެޅިފައިވާ ތަރުތީބުން މެމޯދުކުރުން
  3. ރަޖިސްޓްރީކުރުމާއި ނަމްބަރ ދޫކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ނަމްބަރ ދޫކުރަން ފެށުމުގެ ކުރިން މަސައްކަތަށް ބުރުނާރާނެ ގޮތަކަށް ހަމަޖައްސާފައި ބޭއްވުން، ކޮންމެ ޝިފްޓެއގައިވެސް ޑިއުޓީއަށް އައިސް ހޭންޑްއޯވަރ ނެގުމަށްފަހު ލަސްނުކޮށް ދުވަހުގެ މަސައްކަތަށް ތައްޔާރުވުން.
  4. އެޕޮއިންޓްމެންޓް ހެދުމަށާއި މެމޯ ދޫކުރުމަށް ކަޑައެޅިފައިވާ ގަޑީގައި އެމަސައްކަތް ފޭށޭނެގޮތަކަށް އިންތިޒާމްކުރުން. މަގުބޫލު އެއްވެސް ސަބަބަކާ ނުލާ ކަޑައެޅިފައިވާ ގަޑީގާ ޚިދުމަތް ނުދެވި ލަސްވެގެންނުވާނެގޮތަކަށް އިންތިޒާމްކުރުން
  5. އެމްބިއުލަންސްގެ ޚިދްމަތަށް އެދޭފަރާތްތަކަށް އެޚިދްމަތަށް މަގުފަހިކޮށް ދިނުމާއެކު ، ލަސްނުކޮށް ޚިދުމަތްލިބޭނެގޮތް ހަމަޖެއްސުމައެކު  ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން ، އެމްބިއުލަންސްގެ ދަތުރުތައް ލިއުމަށްހަމަޖެހިފައިވާ ފޮތުގާ ގަވާއިދުން ނޯޓްކުރުމާއި ،ނޯޓްކުރުވުމަށް މަސއްކަތްކުރުން. 
  6. މެޑިކަލް ސަރޓިފިކެޓް /ޑިސްޗާރޖް ސަމަރި ރިފަރެލްފަދަ ތަކެތި ޓައިޕްކުރުން.
  7. ރަޖިސްޓްރޭޝަނުގައި ހިގާ ކޮންމެ މަސައްކަތެއްވެސް ކުރަންޖެހިދާނެތީވެ (ކޭޝިއަރ،ތަރުޖަމާނު،ޕީ.އާރު.އޯ މަސައްކަތް) ހުރިހާ މަސައްކަތް ހިގަމުންދާގޮތުގެ މަޢުލޫމާތު ލިބި އެކަންކުރެވޭނެ މިންވަރަށް މަސައްކަތަށް އަހުލުވެރިވެފައި ހުރުން 
  8. ޑިއުޓީގަޑީގައި މުވައްޒަފަކު ސަލާމްބުނެފިނަމަ، ނުވަތަ އެނޫންވެސް ސަބަކާއިހުރެ އެމުވައްޒަފުގެ މަސައްކަތް ކުރަންހަވާލުވެއްޖެނަމަ އެމަސައްކަތް ޤަވާޢިދާއި އެއްގޮތަށް ކުރުން
  9. ރަޖިސްޓްރޭޝަނުގައި ހުންނަ ކީބޯރޑް(ހޮސްޕިޓަލުގެ ތަންތާގެ ތަޅުދަޑިތައް ބަހައްޓާފައި ހުންނަ) ގެ ތަޅުދަޑި ޙަވާލުކުރެވިއްޖެނަމަ ތަޅުދަޑި ދޫކުރުމާއި ޙަވާލުވުމުގައި ހޮސްޕިޓަލުން ހަމަޖައްސަފައިވަ ގަވާއިދާ އެއްގޮތަސް އެކަންކުރުން.
  10. ހޮސްޕިޓަލަށް ޚިދުމަތް ހޯދުމަށާއި އެކި ބޭނުންތަކަށް އަންނަ މީހުންނާއި މުޙާތަބުކޮށް ވާހަކަ ދެއްކުމުގާ ނުވަތަ އެހީތެރިވުމުގާ މަޑުމައިތިރިކަމާއި  އިޙުތިރަމާއެކު ރީތި ބަހުން ވާހަކަ ދެއްކުމާއި މީހަކު ނުރުހުންތެރިކަމާއެކު ވާހަކަދެއްކި ނަމަވެސް، އެފަރާތްތަކާއިމެދު ވިހާވެސްރަގަޅަށް ކަންތައްކުރުން. 
  11. ހޮސްޕިޓަލަކީ 24ގަޑި އިރު ޚިދުމަތްދޭތަނަކަށްވެފާ ހޮސްޕިޓަލުގެ ރެޖިސްޓްރޭޝަނުގާ މަސައްކަތްކުރަ ހުރިހާމުވައްޒަފުންނަކީވެސް 24 ގަޑިއިރު ( ހުރިހާ ދަންފަޅިއެއްގާވެސް ) މަސައްކަތްކުރަންޖެހޭ މުވައްޒަފުންކަން ދަނެ، ޑިއުޓީ ރޯސްޓަރގައި ކަޑައެޅިފައިވާ އެމީހެއްގެ ޑިއުޓީއަށް ހާޒިރުވުމަކީ ކޮންމެ މުވައްޒަފަކުވެސް ކުރަންޖެހޭނެކަމެއް.
  12. ރަޖިސްޓްރޭޝަނުގެ މަސައްކަތް ހިގަމުންދާގޮތުން، ނުވަތަ މުވައްޒަފުން މަދުވެ އިތުރު މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގާ، އެމުވައްޒަފެއްގެ އޮފް ދުވަހަކުވެސް މަސައްކަތަށް ނިކުންނަން އެންގިއްޖެނަމަ ޑިއުޓީއަށް ނިކުންނަންވަނެއެވެ. އަދި މިފަދަ ޙާލަތެއް މެދުވެރިވެދާނެކަމަށްބަލާ ފަސޭހައިން ގުޅޭނެ ގޮތެއް ހަމަޖައްސާފަހުރުން.
  13. ޑިއުޓީގަޑިއަކީ ރައްޔިތުންގެ ޚިދްމަތުގައި މަސައްކަތްކުރަންތިބޭ ގަޑިއެއްކަމުން ސެކްޝަނުގެ މަސައްކަތާއި ނުގުޅޭ އެއްވެސް ކަމަކަށް ވަގުތު ހުސްކޮށްގެން ނުތިބުން
  14. ޚިދްމަތްދޭން ތިބޭ ގަޑީގައި މުޖުތަމަޢުގެ އަދަބާއި ޚިލާފުނުވާފަދައިން ރީތިކޮށް ހެދުން އެޅުން، އަދި ހޮސްޕިޓަލަށް އަންނަ ފަރާތްތަކާއި އެންމެ ފުރަތަމަ ބައްދަލުވާނީ ރަޖިސްޓްރޭޝަނުގެ މުވައްޒަފުން ކަމަށްވުމުން އެފަރާތްތަކަށް ހިނިތުންވުމައެކު މަރުޙާބާ ކިއުން، އެދި ކަންކަމުގަ ކިދުމަތް ހޯދުމަށް ކައުންޓަރުގަ މީހުން ތިބޭވަގުތުތަކުގާ ބާރަށް ވާހަކަ ދައްކާ ހީސަމާސާކޮށް ސަކަރާތްޖަހާ ނުހެދުން އަދި ރަޖިސްޓްރޭޝަން ކައުންޓަރގައި މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި ކަމާއި ނުބެހޭ އެހެން މުވައްޒަފުން ކައުންޓަރތެރޭގައި ތިއްބަވާނަމަ އެކަން ހުއްޓުވުމަށް މަސައްކަތްކުރުން.
  15. ހޮސްޕިޓަލުން ހިންގާ ހެލްތް ޕްރޮމޯޝަނަލް އެކްޓިވިޓީ ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި މުވައްޒަފުންގެ މެދުގައި ހިންގޭ އެކިއެކި ޙަރަކާތްތަކަށް އިސްނެގުމާއި ބައިވެރިވުން
  16. އެކި ބޭނުންތަކުގައި އަންނަ މުވައްޒަފުންނާއި، ހޮސްޕިޓަލުގެ ދަށުންހިންގޭ އެހެނިހެން ޞިއްޙީޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި އަދި އެހެނިހެން މީހުންނަށްވެސް އިޚްތިރާމާއި ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުން
  17. ހޮސްޕިޓަލުން ޚިދުމަތްދެވެން ނެތިގެން / ހާލުބޮޑުވެގެން މާލޭ އަށް ނުވަތަ އެހެންތަނަކަށްވެސް ޑޮކްޓަރ ބަލިމީހަކު ރިފަރކުރައްވައިފިނަމަ އެކަމަކާއި ގުޅިގެން ކުރްނަޖެހޭ އެންމެހާކަންތައް ލަސްނުކުރައްވާ ހަމަޖެހިފައިއޮންނަ  އުސޫލުން ވީހާވެސް އަވަހަކަށް ކުރުން . އަދި އެކަންތައް ކުރިއަށްދާގޮތް ބަލިމީހާގެ އާއިލާގެ މީހުންނަށް ސާފުކޮށް ބުނެދިނުން
  18. ހޮސްޕިޓަލުން އަގުނަގާގޮތަށް ހަމަޖެހިފައިވާ ހިދުމަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ބަލައިގަތުން
  19. ހިދުމަތުގެ އަގުނެގުމުގައި އަގު ކަނޑައަޅާފައިވާ ލިސްޓްގައިވާ ގޮތުގެ މަތީން އަގުނެގުން، އަދި ލިސްޓްގައި އަގު ކަނޑައެޅިފައި ނެތް ހިދުމަތެއް ދޭން ޖެހިއްޖެނަމަ، ޑިޕާޓްމަންޓްގެ އިސްވެރިޔަކަށް ދަންނަވައިގެން އަގު ސާފުކުރުމަށްފަހު އަގުނެގުން.
  20. އާންމުކޮށް ބިލްހަދާގޮތަށް އޮފީހުން ކަނޑައަޅާފައިވާ ފަރާތްތައް ފިޔަވައި ، ފަހުން އަގުދައްކާގޮތަށް އެއްވެސް ފަރާތަކަށް ހިދުމަތެއްދޭނަމަ އެފަރާތްތަކުން އެހިދުމަތަށް އެދުނު ލިއުންހޯދާ ވެރިޔަކަށް ދަންނަވާ ހުއްދަހޯދުން.
  21. ކޮންމެދުވަހަކުވެސް ހެދޭ ބިލްތައް  ( އިންޕޭޝަންޓް އައުޓް ޕޭޝަންޓު ވަކިން ) އަނެއްދުވަހު ހެދުނު އޮފިހުގެ ފައިނޭންސް ސެކްޝަނަށް ހަވާލުކުރުން.
  22. ފައިސާ ބަލައިގަތުމާއި މަސއްކަތާއިގުޅޭ އެންމެހާ  ގަވާއިދުތައް ބލާ އެގަވާއިދަށް އަހުލުވެރިވުން. އަދި އޮޅުންއަރާފަދަ ކަމެއް ދިމަވެއްޖެނަމަ ސެކުޝަނުގެ އިސްމުވައްޒަފަކާއި ގުޅައިގެން ރަނގަޅަށް  އެކަމެއް އޮލުންފިލުވުން.
  23. ކޮންމެ ދުވަހަކު ލިބޭ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ޖެހިގެން އަންނަ ދުވަހު އޮފީހުގެ ފައިނޭންސްޑިޕާޓްމެންޓްގެކަމާއިބެހޭ މުވައްޒަފާކާއި  ހަވާލްކުރުން .
  24. ފައިސާ ބަލައިގަނެ ރަސީދު ދޫކުރުމަށްފަހު ހިދުމަތް ދެވޭގޮތެއް ނުވެގެން ފައިސާ އަބުރާ ދޭންޖެހިއްޖެނަމަ، އެހިދުމަތް ދޭ ޑިޕާޓްމަންޓްގެމުވައްޒަފަކު އެހިދުމަތް ނުދެވޭ ކަމާއި، ނުދެވުނުސަބަބު ލިޔެ ސޮއިކޮށްފައިވާ ލިޔުމަކާއި އެކު ހުށަހެޅުމުން އެފައިސާ އެފަރާތަކާއި ހަވާލްކުރުން. މިގޮތުން އަނބުރާދެވޭ ފައިސާގެ ރަސީދުގެ އަސްލު އެފަރާތުން ހޯދާ، ރަސީދުގެ ކޮޕީއާއި އެކު ހީރަސްޖަހާ، އެރަސީދުގައިވާ ފައިސާ އަނބުރާ ހަވާލްކުރެވުނުކަމަށް ބިލްގައިލިޔެ އެވަގުތު ސެކްޝަންގެ ޝިފްޓު އިންޗާރޖަކަސްހުރި މުވައްޒަފަކު ލައްވަ ސޮއިކުރުވުން. (އަދި މިގޮތަށް އަނބުރާ ފައިސާދެވޭނީ އެދުވަހެއްގައި ހެދިފައިވަ ރަސީދަކަށް އެދުވަހު ފައިސާދޭ ގޮތަށެވެ.)
  25. އަގުނަގާ ހިދުމަތްތަކަށް އަގުނެގުމުގައި ރިކުއެސްޓް ފޯމް ނުވަތަ މެމޯ ގެނައުމުން އޭގައިވާ ހިދުމަތަށް އަގުނެގުން، އޮޕަރޭޝަން ތިއޭޓަރާއި، ވޯޑުތަކާއި، ފަރުވާދޭ ކޮޓަރިން ދެވޭ ހިދުމަތަށް އަގުނަގާނީ "ސަރވިސް ނޮޓިފިކޭޝަން ސްލިޕް" ގެނައުމުން އެއަށް ބަލައިގެންނެވެ. އަދި މިއުސޫލަށް އިތުރު ބަދަލެއް އަތުވެއްޖެނަމަ ، އެބަދަލަކާއި ގުޅޭގޮތުން ޑިޕާޓްމަންޓުން އަންގާގޮތަކަށް ފައިސާ ބަލައިގަތުމުގައި އަމަލުކުރުން.
  26. ކޭޝިއަރުންގެ ޑިއުޓީއާއި ހަވާލުކުރެވިއްޖެނަމަ ތިޖޫރީ އާއި ވައްގަޑުގައި ހުންނަ ފައިސާ ، ތަފްސީލް އެގޭގޮތަށް ފޮތެއްގައި ލިޔެ ހޭންޑް އޯވަރ ދިނުން ، އަދި ތައްގަޑާއި ތަޅުދަޑިތަކާއި ކޭޝިއަރގެ ޙަވާލުގައި ހުންނަ ހުރިހާތަކެއްޗައި ލިއުމުން ޙަވާލުވުން / ހަވާލުކުރުން
  27. ހިދުމަތުގެ އަގުކަނޑައެޅިފައިވާ އަގުލިސްޓާއި އެއްގޮތަށް އަގުނެގުން
  28. އާސަންދައިގެ ޚިދުމަތާއިގުޅޭ މަޢުލޫމާތުތައް ހޯދާ ލިބިގަތުން / ސެކްޝަނުންކުރާ މަސައްކަތުގެތެރެއިން ކަޑައެޅޭ ވަކިމަސައްކަތެއް ކުރުމާއި ބެލެހެއްޓުމަށް ހަވާލުކުރެވިއްޖެނަމަ އެމަސައްކަތެއްކުރުމާއި އަދި އެމަސައްކަތެއް ހިންގާ ބެލެހެއްޓުން

މަޤާމުގެ ޝަރުތުތައް

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން، ކަސްޓަމަރ ސަރވިސް

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީސް ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

 (ށ) މަތީ ތަޢުލީމު ދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓުފިކެޓު ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.  
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 މާރިޗު 2020 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފީހުގެ ކައުންޓަރަށެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފައަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 މާރިޗު 2020 އާއި 29 މާރިޗު 2020 އާ ދެމެދު، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6885045 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

27 ފެބުރުވަރީ 2020
ހޯދާ