ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ތުރާކުނު ސްކޫލުގެ ޕްލޭއޭރިޔާއަށް ބޭނުންވާ އައުޓްޑޯރ ސްލައިޑެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން:

1        މިސްކޫލުގެ ޕްލޭއޭރިޔާއަށް ބޭނުންވާ އައުޓްޑޯރ ސްލައިޑެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)GS-86/2020/04 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް 1 ފަރާތުން ހާޟިރުވެފައިވާތީ، އެ އިޢުލާން ބާތިލްކޮށް، މި ސްކޫލުގެ ޕްލޭއޭރިޔާއަށް ބޭނުންވާ އައުޓްޑޯރ ސްލައިޑެއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް އިޢުލާންކުރަމެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

2         މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

3         މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 މާރޗް 01 އިން 2020 މާރޗް 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 9:00 އިން 13:00 އަށް މިސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

4         މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 މާރޗް 10 ވަނަ ދުވަހުގެ ހެނދުނު 09:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5         މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 މާރޗް 11 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލްގެ އޭ.ވީ ރޫމްގައެވެ.

6         ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2020 މާރޗް 23 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިސްކޫލުގެ އޭ.ވީ ރޫމްގައެވެ.

7         މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

8         ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

9         ތުރާކުނު ސްކޫލް

10     ހއ. ތުރާކުނު، ދިވެހިރާއްޖެ

11     ފޯން: 6500547

12     އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

27 ފެބުރުވަރީ 2020
ހޯދާ