މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ސްޓޯރ ކީޕަރ

 

ނަންބަރު: MREIC/IU/2020/0018

ވަޒީފާގެ ފުރުސަތު

 

                  މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމް:                 

ސްޓޯރ ކީޕަރ

ޢަސާސީ މުސާރަ:        

5,500.00

ސާވިސް އެލަވަންސް:

1,000.00

ބޭނުންވާ އަދަދު:

01

ކޮންޓްރެކްޓްގެ ބާވަތް:

ކޮންޓްރެކްޓް

އެހެނިހެން އެލަވަންސް/އިނާޔަތް: 

ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:    

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން ޕވޓ ލޓޑ

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ކުންފުނީގެ ބޭނުންކުރާ ތަކެތީގެ ސްޓޮކް ބެލެހެއްޓުން
  2. ކުންފުނީގެ ސްޓޮކަށް ހޯދަން ބޭނުންވާ ތަކެތި ހޯދުމަށްޓަކައި ކުންފުނީގެ ގަވައިދާއެއްގޮތަށް ޕްރޮކިއުމެންޓް ސެކްޝަނަށް ފޮނުވަންޖެހޭ ރިކުއެސްޓް ފޮނުވުން.
  3. ސްޓޮކްއަށް ހޯދޭ ތަކެތީގެ ބިލް ލިބުމުން ބިލްގައިވާ ތަކެތި ލިބުނުކަން އެންޓަރކުރުން.
  4. އިމާރާތްކުރުމަށް ބޭނުން ކުރާ މުދަލާއި ބެހޭ މައުލޫމާތު ލިބިފައިވުން
  5.  ކުންފުނީގެ ދަށުން ހިންގަމުންދާ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ ހަރުމުދަލުގެ އިންވެންޓަރީ ބެލެހެއްޓުން.
  6. މަސައްކަތާއި ގުޅިގެން ކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކުރުން.
  7. މަސައްކަތުގައި ދިމާވާ މައްސަލަތައް ސްޕަވައިޒަރުންނާއި ގުޅިގެން ހައްލުކުރުން.
  8. ދުވަހުން ދުވަހަށް ކުރެވޭ މަސައްކަތްތައް ސްޕަވައިޒަރަށް ރިޕޯޓްކުރުން.
  9. ކުންފުނީގެ ލަނޑުދަނޑިތައް ޙާސލުކުރުމަށްޓަކައި ކުންފުނިން ހިންގާ އެންމެހައި ހަރަކާތްތަކުގައި ބައިވެރިވުން.

މަގާމުގެ ޝަރުތުތައް:           

  1. މިމަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން މަދު ވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 
  2. މައިކްރޯސޮފްޓް އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުންކުރަން އެގުން.

 

ވީމާ، މިމަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 05  މާރޗް 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.

                       

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ،  3001284 ނަންބަރު ފޯނަށެވެ.

އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. 

 

27 ފެބްރުއަރީ 2020

27 ފެބުރުވަރީ 2020
ހޯދާ