ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ.ބިލެތްދޫ މަސްޖިދުއް ޒިކުރާގައި ކާރޕެޓް އަޅާދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

ފ.ބިލެތްދޫ މަސްޖިދުއް ޒިކުރާ، ޒިކުރާ މިސްކިތުގައި އަމިއްލަ ތަކެތީގައި ކާޕެޓް އަޅާދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ، މީރާގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކުން 10 މާރިޗް 2020 ވާ އަންގާރަ ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 15 މާރިޗް 2020 ވާ އާދިއްތަ  ދުވަހުގެ މެންދުރު 11.00 ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެވޭނީ -/100 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ.

އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " މަސްޖިދުއް ޒިކުރާގައި ކާރޕެޓް އެޅުމުގެ މަސައްކަތުގެ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ. އަދި ބަދަލުގައި މީހަކު ހާޟިރުވާނަމަ ހުށަހަޅާފަރާތުގެ ސިޓީއަކާއި އައިޑީކާޑުގެ ފޮޓޯކޮޕީއަކާއި ، ވިޔަފާރި ރަޖިސްޓްރޭޝަންގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

 

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއިދާރާއިން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

27 ފެބުރުވަރީ 2020
ހޯދާ