ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިމުގައި އިންދާފައިވާ ރުއްތަކާއި ބޮޑެތިގަސްތައް ނެގުމާއި ބެހޭ

އިޢުލާން

ތާރީޚް:

17 ފެބުރުއަރީ 2020

ނަންބަރު:

(IUL)401-E/401/2020/9

23 ޖުމާދުލް އާޚިރާ 1441

އިޢުލާންގެ ވަނަ:

01

ދަނޑުބިމުގައި އިންދާފައިވާ ރުއްތަކާއި ބޮޑެތިގަސްތައް ނެގުމާއި ބެހޭ

 

ދަނޑުވެރިކަން ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދޫކުރެވިފައިވާ ބިންތަކުގައި ރުއް އިންދަމުންގެންދިއުމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. މިކަމަކީ މަނާކުރެވިފައިވާ ކަމެއްކަމަށާއި މިފަދައިން އިންދާފައިވާ ރުއްތަށް ނެގުމަށް މިއިދާރާއިން އެތައް ފަހަރަކުވަނީ އާންމުކޮށް އަންގާ އިޢުލާން ކުރެވިފައެވެ. ނަމަވެސް މިކަމަށް އެއްވެސް ހައްލެއްނުލިބި ރުއް އިންދަމުންގެންދިއުމުގެ ސަބަބުން ދަނޑުވެރިކަން ކުރުމަށް އެކަށީގެންވާ ވަރަށް ބިން ލިބުންވަނީ ދަތިކަމަކަށް ވެފައެވެ.

ޤާނޫނު ނަންބަރު 99/21 (މީހުން އުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނު)ގެ (2) ވަނަ މާއްދާގައި ބަޔާންކުރައްވާފައިވާ ގޮތުން ކައުންސިލްގެ އިދާރާގެ ހުއްދަ ލިބިގެން ނޫނީ މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތި ތަކާއި، އެކިއެކި ބޭނުންތަކަށް އެކިއެކި ފަރާތްތަކާއި ހަވާލްކުރެވިފައިވާ ބިންބިމާއި، ވަގުފު ބިންތައް ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި ރުއްގަސް އިންދުމަކީ މަނާކުރެވިފައިވާ ކަމެކެވެ.

ދަނޑުވެރިކަން ކުރުމަށް ދޫކުރެވޭ ބިންތައް ވަކިއުޞޫލެއްގެ ދަށުން ރަޖިސްޓްރީކޮށްދިނުމުގެ ގޮތުން، މިރަށުގެ ދަނޑުބިމުގެ ގޮތުގައި ކަނޑަޅާފައިވާ ސަރަހައްދުތަކުގެ ތެރެއިން ކޮންމެ ސަރަހައްދަކުންވެސް އެކަމަށް އެދޭ ފަރާތްތަކަށް ވަކި އުޞޫލެއްގެ ދަށުން ދަނޑުބިން ރަޖިސްޓްރީ ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިދެންނެވި ސަރަހައްދުތަކުން އެފަރާތަކަށް ރަޖިސްޓްރީ ކޮށްދެވޭ ބިން ސާފުކޮށް ބެލެހެއްޓުމާއި ޤަވާއިދާއި އެއްގޮތަށް ބިން ބޭނުންކުރުމަކީ އެފަރާތެއްގެ ޒިންމާއެއްކަމުން އެފަދަ ބިންބިމުގައި އިންދާފައިވާ ރުއްގަސް އެއްވެސް ބަދަލެއް ދިނުމަކާއި ނުލާ ނައްތާލުމުގެ ފުރިހަމަ އިޚްތިޔާރު ބިން ރަޖިސްޓްރީ ކޮށްދީފައިވާ ފަރާތަށް ލިބިގެންދާނެއެވެ.

ވީމާ، ދަނޑުބިމުގެ ގޮތުގައި ކަނޑައެޅިފައިވާ ސަހައްދުތަކުގައި އިންދާ ފައިވާ ރުއްތަކާއި ބޮޑެތިގަސްތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނެގުމަށް ދަންނަވަމެވެ. މިމުއްދަތުގެ ތެރޭގައި ނުނަގާހުރި ރުއްގަހާއި މެދު މަތީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން އަމަލުކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

17 ފެބުރުވަރީ 2020
ހޯދާ