ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސަށް ފީ ދެއްކުމަށް ބަދަލު ގެނައުމުގެ އުޞޫލު

އިޢުލާން

        ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ދޫކުރަމުންދާ ޓްރާންސްމިޓީންގ ސްޓޭޝަން ލައިސަންސަށް ފީ ދެއްކުމަށް

ބަދަލު ގެނައުމާ ގުޅޭގޮތުން ތިރީގައިވާގޮތަށް އުޞޫލެއް އެކުލަވާލައި އެ އުޞޫލު ޢާންމުކޮށް އިޢުލާން ކުރީމެވެ.

         26 ފެބްރުއަރީ 2020

 

ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސަށް ފީ ދެއްކުމަށް ބަދަލު ގެނައުމުގެ އުޞޫލު

މި އުޞޫލަކީ، ޤާނޫނު ނަންބަރު: 2015/43 (ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) ގެ ދަށުން ބާރު

ލިބިގެން ހަދާފައިވާ އުޞޫލެކެވެ.

ޓްރާންސްމިޓިންގ ސްޓޭޝަން

ލައިސަންސްގެ މުއްދަތު އަދި ފީ ބަލައިގަތުން

1.

(ހ)

 

 

ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސްގެ މުއްދަތަކީ، އެ ލައިސަންސަކަށް ފީ ދައްކާފައިވާ މުއްދަތެވެ. މި އުޞޫލަށް ޢަމަލު ކުރަން ފެށުމަށްފަހު، ލައިސަންސްގެ މުއްދަތު ގުނޭނީ އެ ލައިސަންސެއް ދޫކުރާ މަހުން ފެށިގެންނެވެ. މި އުޞޫލު އެކުލަވާލުމުގެ ކުރިން ދޫކޮށްފައިވާ ޓްރާންސްމިޓިން ސްޓޭޝަން ލައިސަންސްގެ މުއްދަތުވެސް ގުނޭނީ މި އުޞޫލުގެ ދަށުންނެވެ.

 

 

(ށ)

ޓްރާންސްމިޓިންގ ސްޓޭޝަން ލައިސްންސްގެ ފީ އެންމެ މަދުވެގެން ދެއްކޭނީ 1 (އެކެއް) އަހަރުގެ މުއްދަތަށެވެ.

 

 

(ނ)

ޓްރާންސްމިޓިންގ ސްޓޭޝަން ލައިސްންސްގެ ފީ އެއްފަހަރާ އެންމެ ގިނައިން ބަލައިގަނެވޭނީ 3 (ތިނެއް) އަހަރުގެ މުއްދަތަށެވެ.

 

 

(ރ)

އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ފީ ދެއްކިދާނެއެވެ.

 

 

(ބ)

ލައިސަންސްގެ މުއްދަތު ހަމަވުމުގެ ކުރިންވެސް، ކުރިއަށް އޮތް އަހަރުތަކަށް ފީ ދެއްކިދާނެއެވެ.

 

 

 

 

 

 

(ޅ)

ލައިސަންސްގެ ފީ ދައްކަން ހުށަހަޅާއިރު ލައިސަންސުގެ އަސްލާއި ލައިސަންސް ފީ އަދި ރެވެނިއު ސްޓޭމްޕް ހުށަހަޅަންވާނެއެވެ.

ޓްރާންސްމިޓިންގ ސްޓޭޝަން

ލައިސަންސް ބާތިލްވުން

2.

(ހ)

މި އުޞޫލަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ދޫކޮށްފައިވާ ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސް ތަކުގެ ތެރެއިން 31 މާރޗް 2020 ގެ ނިޔަލަށް އައު ނުކޮށް ހުރި ހުރިހާ ލައިސަންސެއް އެ ދުވަހުން ފެށިގެން ބާތިލްވާނެއެވެ.

 

 

(ށ)

ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސްގެ މުއްދަތު ހަމަވެފައިވާ ޓްރާންސީވަރެއް ބޭނުންކުރަންވާނީ ފީ ދެއްކުމަށްފަހުގައެވެ. ފީ ނުދައްކާ 3 (ތިނެއް) މަސް ދުވަސް ފާއިތުވެއްޖެނަމަ، އެ ޓްރާންސީވަރަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލް ވާނެއެވެ.

 

 

(ނ)

ފީ ދައްކާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ޓްރާންސީވަރު ގެއްލިގެން ނުވަތަ ބޭނުން ނުކުރެވޭވަރަށް ހަލާކުވެގެން ލައިސަންސް ބާތިލްކުރި ކަމުގައިވިޔަސް ފީ ގެ ގޮތުގައި ދައްކާފައިވާ ފައިސާއާއި ރެވެނިއު ސްޓޭމްޕް ގެ އަގު އަނބުރާ ނުދެވޭނެއެވެ.

 

 

(ރ)

ޓްރާންސްމިޓިންގ ސްޓޭޝަން ލައިސަންސް ނެތި ޓްރާންސީވަރެއް ބޭނުން ކުރުމަކީ މަނާކަމެކެވެ.

އުޞޫލަށް ޢަމަލު ކުރަން ފެށުން

3.

މި އުޞޫލަށް ޢަމަލު ކުރަން ފަށާނީ، 1 އެޕްރީލް 2020 ން ފެށިގެންނެވެ.

26 ފެބުރުވަރީ 2020
ހޯދާ