އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ (ވަގުތީ)

އިޢުލާން ނަންބަރު: AS/IUL/2020/011

މަޤާމް: އެސިސްޓެންޓް އޮފިސަރ (ވަގުތީ)

ޑިޕާޓްމަންޓް: މެޑިކަލް ކްލެއިމްސް ޕްރޮސެސިންގ

 

މަސައްކަތް ކުރަންޖެހޭގަޑި

އާދިއްތަ އިން ބުރާސްފަތި: 16:30 އިން 21:30

ހޮނިހިރު: 10:00 އިން 15:00

 

ތަޢުލީމާ ތަޖުރިބާ:

  • ޖީ.ސީ.އީ އޯލެވެލް 2 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން.
  • މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.
  • އިނގިރޭސީންނާއި ދިވެހިން މުޢާމަލާތްކުރުމުގެ ފެންވަރު ހުރުން.
  • ޓީމަކާ އެއްކޮށް މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކްލެއިމްސް ޕްރޮސެސިންގ ސޮފްޓްވެއަރ މެދުވެރިކޮށް އިންވޮއިސްތައް އެޅުމަށްފަހު ޕްރޮސެސްކުރުން
  • އިންވޮއިސްތަކުގައިވާ މައުލޫމާތަކީ ސައްޚަ މައުލޫމާތުކަން ބަލާ ފާސްކުރުން
  • ޕޯޓަލް ބޭނުންކޮށްގެން އިންވޮއިސްތަކުގައިވާ މައުލޫމާތުތަކުގެ ސައްޚަކަން ބެލުން
  • ރިޖެކްޓްވާ ކްލެއިމްސް ތަކަށް ނޯޓިސް ދިނުން
  • ސުޕަވައިޒަރ ހަވާލުކުރާ އެހެނިހެންކަންތައް ކުރުން

 

މުސާރަ: ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރެވިފައިވާ ގޮތަށް

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  2. ސީވީ.
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

އިތުރު މަޢުލޫމާތު:

މިމަޤާމަށް މުވައްޒަފުން ހޮވާނީ ކުރިމަތިލާފައިވާ ތަރުތީބުން މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

26 ފެބުރުވަރީ 2020
ހޯދާ