ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދެއްވަދޫގައި ޤާއިމުކުރާ އިންޑޯ ޖިމަށްބޭނުންވާ ތަކެތި ހޯދުން

ނަންބަރ: (IUL)241-B/409/2020/12

 

 

             އިއުލާން

 

ގއ. ދެއްވަދޫ ގައި ގާއިމްކުރާ އިންޑޯ ޖިމަށް ބޭނުންވާ ތަކެތި ހޯދުން

                    

                     ގއ. ދެއްވަދޫ ކައުންސިލާއި މިއިދާރާ ގުޅިގެން ގއ. ދެއްވަދޫގައި ގާއިމްކުރަން ހަމަޖެހިފައިވާ އިންޑޯ ޖިމަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވެގެން ކުރެވުނު  މިއިދާރާގެ ނަންބަރ: (IUL)241-B/241/2020/10  އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް ބިޑް ހުށަހަޅާފައިނުވާތީ އަލުން މިމަސައްކަތަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

                     ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަންފޮތް ގަތުމަށްފަހު ތިރީގައިވާ ގަޑިއަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބީލަން ފޮތެއްގެ އަގަކީ 100.00 ( އެއް ސަތޭކަ ) ރުފިޔާއެވެ. ބީލަން ފޮތް ގަންނަން ލިބޭނީ 27 ފެބްރުއަރީ 2020 ވަނަ  ދުވަހުން ފެށިން 02 މާރޗް 2020  އާއި ހަމަޔަށް ގއ. އަތޮޅު ކައުންސިލް އިދާރާއިންނާއި ، ގއ. ދެއްވަދޫ ކައުންސިލްގެ އިދާރާއިންނެވެ.

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

 

ޕްރީބިޑް މީޓިންގ

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ގއ.ދެއްވަދޫ ކައުންސިލްގެ އިދާރާ

 

03 މާރޗް 2020

 

އަންގާރަ

 

13.00

ބިޑް ހުށަހެޅުން

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ގއ. ދެއްވަދޫ ކައުންސިލްގެ އިދާރާ

 

08 މާރޗް 2020

 

އާދީއްތަ

 

13.00

 

                   މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

 

                   މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

                   02 ރަޖަބް        1441ހ.

                   26 ފެބްރުއަރީ      2020މ.

26 ފެބުރުވަރީ 2020
ހޯދާ