މަޤާމް:ސެންޓަރުގެ ވެރިޔާ، ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒް
މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް
ބޭނުންވާ ޢަދަދު: 1
މަޤާމުގެ މުއްދަތު: ޢައްޔަނުކުރާ ދުވަހުން ފެށިގެން 4 އަހަރު ދުވަސް
ލިބޭ އުޖޫރައާއި އެހެނިހެން އިނާޔަތްތައް:
- މުވައްޒަފަށް ލިބޭ މުސާރަ އާއި އެލަވަންސް
- ޕީ.އެޗް.ޑީ ނަމަ، މުސާރަ: 15,246.00ރ، ސާރވިސް އެލަވަންސް: 6،534.00ރ
- ޗީފް އެންޖިނިއަރުކަން ނުވަތަ ކެޕްޓަންކަމުގެ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ނަމަ، މުސާރަ: 12,687.50ރ، ސާރވިސް އެލަވަންސް: 5,437.50ރ
- ކުރީގެ ޢިލްމީ މަސައްކަތަށް ބަލައި މުސާރަ އާއި އެލަވަންސް މަތީ "ސްޕައިން ޕޮއިންޓް" އަކަށް ޕްރޮމޯޓް ވުމުގެ ފުރުޞަތު، އެކެޑެމިކް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އޮންނާނެއެވެ.
- ޓެނުއަރޝިޕް އެލަވަންސް:9,000.00 ރުފިޔާ (ޑީނުންނާއި ސެންޓަރުތަކުގެ ވެރިން އައްޔަންކުރުމުގެ އުޞޫލުގެ (ރ) ގައިވާގޮތުގެ މަތިން.)
- ފޯން އެލަވަންސް: މަހަކު 500.00ރުފިޔާ
ތަޢުލީމާއި ތަޖުރިބާ
- ސެންޓަރެއްގެ ވެރިޔާ ކަމަށް ހަމަޖެއްސޭނީ ދަށްވެގެން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވާ މީހެކެވެ. ސެންޓަރ ފޯރ މެރިޓައިމް ސްޓަރޑީޒް އަށް އިސްވެރިއަކު ހޮވާއިރު، މެރިޓައިމް ދާއިރާއިން ޗީފް މޭޓް ނުވަތަ ޗީފް އެންޖިނިއަރ ކަމުގެ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ ޙާޞިލްކޮށްފައިވާ ފަރާތްތައް ބަލާނީ މަތީގައި ބަޔާންކުރެވުނު ފެންވަރު ހުރި މީހުންގެ ގޮތުގައެވެ. މަތީ ތަޢުލީމުގެ ތެރޭގައި ނުވަތަ އަމަލީ މަސައްކަތުގެ ތެރޭގައި ފެކަލްޓީ/ސެންޓަރަކާއި ގުޅުންހުރި ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ހާޞިލްކޮށްފައި ވުމަށް ބަލާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ފެންވަރުގެ ފާހެއް އޮތް މީހަކު އެވަގުތު ނުލިބިއްޖެނަމަ ހަމަޖެއްސޭނީ އެކްޓިންގ ހެޑްގެ މަޤާމަށެވެ. އެކްޓިންގ ހެޑްގެ މަޤާމަށް މީހަކު އައްޔަނުކުރާ ނަމަ އައްޔަނުކުރެވޭނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ.
- މަދުވެގެން ތިން އަހަރުދުވަހުގެ ހިންގުމުގެ ނުވަތަ ޓާރޝަރީ ފެންވަރުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ޙާޞިލްކޮށްފައި ވާން ވާނެއެވެ.
ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި އެދެވޭ އިތުރު ބައެއް ސިފަތައް:
ވަޒީފާގެ މަސްއޫލިއްޔަތުތަކާއި ޒިންމާ ހިމެނޭ އުޞޫލު ޔުނިވަރސިޓީގެ ވެބް ސައިޓުން ލިބޭނެއެވެ.
URL: http://mnu.edu.mv/wp-content/uploads/2016/10/Deans-and-Heads-appointment-policy-01.11.2017.pdf
ސިޓީފޮނުވަންވީތާރީޚް: 2020 މާރިޗު 04 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މަރުކަޒީ އިދާރާއަށް.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ޔުނިވަރސިޓީ ގެ ވެބްސައިޓުގެ ލިންކުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ).
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-2.pdf
- މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓްފިކެޓެއްނަމަ، އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (އީމެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު)
ނޯޓް:
- އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާންގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކުގައި މަޢުލޫމާތު ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
- އިންޓަރވިއު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އިންޓަރވިއު ޕެނަލްއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
- މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345408 ނަންބަރު ފޯނާއެވެ.
|