މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
(އެޑިޔުކޭޝަން ޑިވޮލޮޕް މަންޓް އޮފިސަރ)ޑިޕާރޓް މަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން

g

 

 

ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ

 

އިޤްތިޞާދީ ފުއްދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން

                                                    

                                                            ނަމްބަރ:(IUL)476/22/2020/1

 

 

                               އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

 

 

މަޤާމް:    އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:      J304334    J-304333

ބޭނުންވާ އަދަދު:     02 (އެކެއް)

މަޤާމުގެ ގިންތި:        ދާއިމީ

މަޤާމުގެ ރޭންކް:        (އެމް.އެސް 3 – އީ.އެކްސް 6)

މަޤާމުގެ ކްލެސިފިކޭޝަން:   (އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4 – އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11)

ވަޒީފާ އަދާކުރަން ޖެހޭ ތަން: ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން  )ކޭސް މެނޭޖްމަންޓް ސެކްޝަން(

މުސާރަ:             7035.00 –15560.00ރުފިޔާ

ސަރވިސް އެލެވަންސް:    3500.00 ރުފިޔާ

 

އެހެނިހެން އެލަވަންސް:  

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

4. ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަވާނަމަ، މަޤާމުގެ މުސާރައިގެ %28 ހަމަޖެހޭނެއެވެ. (ޓެކްނިކަލް ކޯ އެލަވަންސްގެ ޑިސިޕްލިން ތަކަކީ އެޑިޔުކޭޝަން، ސްޕެޝަލައިޒްޑް ސަބްޖެކްޓް ނުވަތަ ޓީޗިންގ އެވެ.) ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަނުވާނަމަ، ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ:

 

ރޭންކް

ސަޕޯޓިން ކޯ އެލަވަންސް 2

MS3

-/900 ރުފިޔާ

MS4

-/900 ރުފިޔާ

EX1

-/1100 ރުފިޔާ

EX2

-/1100 ރުފިޔާ

EX3

-/1300 ރުފިޔާ

EX4

-/1300 ރުފިޔާ

EX5

-/1500 ރުފިޔާ

EX6

-/1500 ރުފިޔާ

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މާލެއާއި އުތުރުގެ %50 ސްކޫލުތަކުން ހުށަހެޅޭ (އުނގެނުމުގައި ޚާއްޞަ އެހީއަށް ބެނުންވާ ކުދިން) ހުރިހާ ކޭސްތަކަކަށް ކުރިއަށްދާންވީ ގޮތުގެ މަޢުލޫމާތާއި ފަންނީ ލަފާދިނުން. މިގޮތުން އިންކްލޫސިވް އެޑިޔުކޭޝަން ޕޮލިސީ އާއި، މިފަދަ ދަރިވަރުންނަށް ފަންނީގޮތުން ކަންކުރަންވާ  ގޮތްތަކަށް ރިޢާޔަތްކޮށް ފަންނީ ލަފާދިނުން. މިގޮތުން ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުން.
  2. އުނގެނުމުގެ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އެކިގިންތިތައް (މިސާލު: އޯޓިޒަމް، ލާރނިންގ ޑިފިކަލްޓީސް، ކުދިން، އިންޓަރލެކްޗުއަލް އިންޕެއަރމަންޓް) މިކުދިންނަށް ކިޔަވައިދިނުމުގައި ސްކޫލްތަކުން މިހާތަނަށް ކުރެވިފައިހުރި ކަންތައްތަކުގެ އޯޑިޓެއްހެދުން.  އަދި ސްކޫލްތަކުގައި  އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގްރާމް އައި.އީ.ޕީގެ ތެރެއިން ރާވާފައިހުރި ގޮތާއި ކުރިޔަށްދަނީ ކޮންޕްރޮގްރާމެއްތޯ އާއި އަދި ކުރިޔަށްނުދަނީ ޕްރޮގްރާމެއްތޯ ބަލައި އެނަލިސިސްއެއް ހެދުން.
  3. ކުއްޖާގެ ހުރި ހާލަތަށްބަލައި ކުރިޔަށްދާންވާގޮތުގެ ކޭސް ބަލަހައްޓާނެގޮތުގެ ލަފާ ދިނުން. މިސާލު :

- ޓީޗަރުގެ ކިޔަވައިދިނުން ބަދަލުކުރަންޖެހޭނަމަ، ބަދަލުކުރަންވީ ކޮންގޮތަކަށްތޯ ލަފާދިނުން.

- އައި.އީ.ޕީ އިސްލާހު ކުރަންޖެހޭނަމަ އެކަމަކީ ކޮބައިތޯއާ އެކަން އިސްލާހުކުރާނެ ގޮތުގެ ލަފަޔާއި އިރުޝާދު ދިނުން.

- ސްކޫލުން ދަރިވަރުންނަށް ބޭސްލައިން އެސެސްމަންޓެއް ހަދާނަމަ (އެޑިޔުކޭޝަން ލެންސް)  ހަދަންޖެހޭ އެސެސްމަންޓްގެ މަޢުލޫމާތު ފޯރުކޮށްދިނުން އަދި މިކަން ކުރުވުން.

  1. ކޭސްތައް ބެލެހެއްޓުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތަކާއި ޑިޕާރޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަނުން މިހާރު އަމަލުކުރަމުންދާގޮތްތަކާއި ލިޔެފަހުރި އުސޫލްތަކަށް ރިޢާޔަތްކުރުން.
  2. ހުށަހަޅާ ކޭސްތަކަށް ކުރިއެރުންލިބޭވަރު ބެލުމާއި ކުރެވެމުންދާގޮތް ބެލުން. އަދި ދަރިވަރުންގެ ކުރިއެރުން ވަޒަންކުރުން.
  3. ކޭސްމެނޭޖްމަންޓް ސިސްޓަމެއް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގައި ގާއިމްކުރުން.
  4. އިންކްލޫސިވް އެޑިޔުކޭޝަން ޕޮލިސީގެ ދަށުން ސްކޫލުތަކުގައި ތިބި އުނގެނުމުގެ ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުންނަށް އެހީތެރިވެ ދިނުމަށް ރެފަރަލް ނިޒާމެއް ގާއިމުކުރުން.
  5. ކޭސްމެނޭޖުމަންޓަށް ބޭނުންވާ އުސޫލުތަކާއި މިންގަނޑުތައް ތައްޔާރުކޮށް، ކަމާގުޅޭ ފަރާތްތަކާ ހިއްސާކުރުން.
  6. އައި.އީ.ޕީ ހަދާ ކުއްޖެއްގެ ކޭސް ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން ހުށަހެޅޭ ދުވަހުން ފެށިގެން އެކުއްޖެއްގެ އިންޓަވެންޝަންސް ހިނގަންދެން ކުރަންޖެހޭ އެންމެހާ ކަންކަން ރާވާ ތަންފީޒު ކުރުމާއި އެފަދަ ދަރިވަރުންގެ ޑޭޓާތައް ބެލެހެއްޓުން
  7. ރެފަރަލް ނިޒާމުގެ ތެރެއިން އިންކްލޫސިވް އެޑިޔުކޭޝަން ޑިޕާޓްމަންޓަށް ހުށަހެޅޭ ދަރިވަރުންނާއި އަދި ވަކި ކޭސްތަކުގެ ގޮތުގައި ހުށަހެޅޭ ކުދީންގެ ފުރިހަމަ މަޢުލޫމާތު ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން (އިންފޮމޭޝަން މެނޭޖިންގް ސިސްޓަމް(
  8. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 'މީމިސް' އަށް ބޭނުންވާ ސެކްޝަންގެ މަޢުލޫމާތުތައް ޤަވާއިދުން ފޯރުކޮށްދިނުމާއެކު ސްކޫލުތައް މެދުވެރިކޮށް 'މީމިސް' އަޕްޑޭޓް ކުރުން.

 

 މަޤާމުގެ ރޭންކާއި،ކްލެސިފިކޭޝަނާއި،އަސާސީ މުސާރައާއި،ސާރވިސް އެލަވަންސް:

 

 

 

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

އެޑިޔުކޭޝަން ޑިވޮލޮޕްމެންޓް އޮފިސަރ

MS3

އެޑިޔުކޭޝަން ޑިވޮލޮޕްމަންޓް އޮފިސަރ4

 

- ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

-/7035ރުފިޔާ

 

 

 

 

 

 

 

 

އެޑިޔުކޭޝަން ޑިވޮލޮޕްމެންޓް އޮފިސަރ5

 

 

 

 

 

 

 

 

 

MS4

 

 

 

 

 

 

 

 

 

އެޑިޔުކޭޝަން

ޑިވޮލޮޕްމަންޓް އޮފިސަރ5

 

 

 - ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއި އެކު (ލެވެލް 7 ގެ ސަނަދެއް ނެތި)  ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 

 

-/7875ރުފިޔާ

އެޑިޔުކޭޝަން ޑިވޮލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ

 

 

 

EX1

 

 

 

 

 

 

އެޑިޔުކޭޝަން

ޑިވޮލޮޕްމަންޓް އޮފިސަރ6

  

 ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް އަދި ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ހާސލްކޮށްފައިވުން  އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

 -/8835ރުފިޔާ

 

 

 

 

 

EX2

 

 

 

 

 

 

 

 

 

 

 

 

އެޑިޔުކޭޝަން

ޑިވޮލޮޕްމަންޓް އޮފިސަރ7

 

ކިޔަވައިދޭމާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ނުވަތަ ތައުލީމީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއި  އެކު ކިޔަވައިދިނުމުގެ ރޮގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑު ލެވެލް 4 ނުވަތަ އެއަށްވުރެ މަތި ސަނަދެއް ހާސިލްކޮށްފައިވުން އަދި ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން.

9890ރުފިޔާ

 

 

 

އެޑިޔުކޭޝަން ޑިވޮލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ

 

 

 

 

     EX3

 

 

 

އެޑިޔުކޭޝަން

ޑިވޮލޮޕްމަންޓް އޮފިސަރ8

 

 - އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7 ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން

އަދި

- ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން

 -

-/11065ރުފިޔާ

އެޑިޔުކޭޝަން ޑިވޮލޮޕް މަންޓް އޮފިސަރ ކޯޑިނޭޓަރ

      EX4

   

އެޑިޔުކޭޝަން ޑިވޮލޮޕް މަންޓް އޮފިސަރ 9

 

 

 

 

 - އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8 ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން.

އަދި

ޙިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން

-/12400ރުފިޔާ

 

 

އެޑިޔުކޭޝަން ޑިވޮލޮޕް މަންޓް އޮފިސަރ ކޯޑިނޭޓަރ

 

 

 

      EX5

 

 

      

އެޑިޔުކޭޝަން ޑިވޮލޮޕް މަންޓް އޮފިސަރ 10

 

 

- އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން.

އަދި

ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން

13890

 

އެޑިޔުކޭޝަން ޑިވޮލޮޕް މަންޓް އޮފިސަރ ކޯޑިނޭޓަރ

 

EX6

އެޑިޔުކޭޝަން ޑިވޮލޮޕް މަންޓް އޮފިސަރ 11

 

- އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10ގެ މަޤާމު ޝަރުތު ފުރިހަމަވެ، އެމަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖްރިބާ ލިބިފައިވުން.

އަދި

ޚިދުމަތުގެ ފެންވަރު ބެލުމުގެ ނިޒާމުން، ފާއިތުވި 3 އަހަރު، ވިދިވިދިގެން ކޮންމެ އަހަރަކު، ދަށްވެގެން 85 އިންސައްތަ މާކްސް ހޯދާފައިވުން

15560

 

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. ޓީޗިންގ ސާވިސަސް

ތައުލީމީ ރޮނގުތައް:

1.އެޑިޔުކޭޝަން

2.  ސްޕެޝަލައިޒްޑް ސަބްޖެކްޓް

3. ޓީޗިން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.(
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް(
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. އަދި ޓްރާންސް ކުރިޕްޓުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސް ކްރިޕްޓް ގެ  ކޮޕީ.

6 ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8 މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސާރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުވައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލް އަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ނ. އުވާލާފާއިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ  ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 މާރިޗް 2020 ވާ އާދިއްތަ  ދުވަހު 12:30 ގެ ކުރިން، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. ލިޔުންތައް އީމެއިލް ކުރައްވާނީ [email protected] އަށެވެ. މެއިލް ކޮށް ގެން ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރު ކުރުމަކީ މަޤާމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު  އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި،މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާން މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އެންގޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.

 

 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ  ފަރާތްތަކުގެ ތެރެއިން  ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ސީޓް (A2 ފޯމް)" އާންމުކުރުން.

 އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ސީޓް (A2 ފޯމް )" އާންމުކޮށް ފެއްނާނެހެން މި އިދާރާގެ ނޯޓިސް ބޯޑުގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތި ލީ ފަރާތް ތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމް އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަން ވާނެއެވެ.

 

ނޯޓު: މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3341 159ފޯނަށެވެ. އީމެއިލް ކުރާނީ [email protected]  އަށެވެ.

އެޕްލިކޭޝަން ފޯމްގައި މަޤާމް ނަމްބަރު ހިމެނުން އެދެން.

 

25  ފެބްރުވަރީ  2020

 

 

 

 

25 ފެބުރުވަރީ 2020
ހޯދާ